STO in haasa aguthakeh gai Jadida margarine vihkan fashaifi
image
އެސްޓީއޯ ސުޕަމާޓުން މިހާރު ޖަދީދާ މާޖިރީން ހާއްސަ އަގުތަކުގައި ލިބޭނެ.-- ފޮޓޯ: އެސްޓީއޯ
0 ކޮމެންޓް
 

އެސްޓީއޯއިން ހާއްސަ އަގުތަކެއްގައި ޖަދީދާ މާޖިރީން ވިއްކަން ފަށައިފި

ޓިއުނީޝިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޖަދީދާ" މާޖިރީން ހާއްސަ އަގުތަކެއްގައި އެސްޓީއޯ ސުޕަމާޓުން ބާޒާރައް ނެރެފި އެވެ.
ރޯދައާ ދިމާކޮށް އެސްޓީއޯ އިން ހެޔޮ އަގުތަކުގައި ވިއްކަން ފަށާފައިވަނީ ތަފާތު ފަސް ސައިޒެއްގެ ޖަދީދާ މާޖިރީނެވެ. އެއީ އާންމު ގޭބިސީތަކަށް ހާއްސަ 250 ގުރާމް، 450 ގުރާމް، އެއް ކިލޯ އަދި 2.5 ކިލޯގެ އިތުރުން ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ހާއްސަ 9.5 ކިލޯގެ ޖަދީދާ މާޖިރީން ޓައްޕެވެ.

އެސްޓީއޯ އިން ބުނީ ޖަދީދާ މާޖިރީނަކީ ރަހަމީރު އަދި ކޮލެޓީ ރަނގަޅު ބްރޭންޑެއް ކަމަށާއި، މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެން ހުންނާނެ އެންމެ އަގުހެޔޮ މާޖިރީން އަކީ ޖަދީދާ މާޖިރީން ކަމަށެވެ. އަދި ޖަދީދާ ބްރޭންޑްގެ މާޖިރީން ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓުން ލިބެން ހުންނާނެ ކަމަށާއި، ހޯލްސޭލްކޮށް ގަންނަ ނަމަ ސުޕަމާޓް ހޯލްސޭލް ސެންޓަރުން އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެގޮތުން ޖަދީދާ މާޖިރީންގެ ރީޓެއިލް އަގުތަކައް ބަލާލާއިރު 250 ގުރާމްގެ ތައްޓެއް 15ރ. އަށް، 450 ގުރާމްގެ ތައްޓެއް 22ރ. އަށް، އެއް ކިލޯގެ ތައްޓެއް 45ރ. އަށް އަދި 2.5 ކިލޯގެ ތައްޓެއް 90ރ. އަށް މިހާރު ލިބޭނެ އެވެ. އޭގެ އިތުރުން ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ހާއްސަ 9.5 ކިލޯގެ ޓައްޕެއް 270ރ. އަށް ލިބޭނެ އެވެ.

ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް އިތުރު ޑިސްކައުންޓް އަގުތަކެއްގައި ޖަދީދާ މާޖިރީން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ ސުޕަމާޓުން އަންނަނީ ކާބޯތަކެތީގެ ކޮލިޓީ ރަނގަޅު ތަފާތު ގިނަ ބާވަތްތަކެއް އެކި ގައުމުތަކުން އެތެރެކޮށް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރަމުންނެވެ. އަދި އެސްޓީއޯ ސްޕަމާޓަކީ ހާއްސަކޮށް ރޯދަމަހު ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން ކުރާ މަސައްކަތުގެ މުހިއްމު ހިއްސާދާރެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހިޔާލު