MTDC ge Directorun ge Board ah kurimathilaan hulhuvaalaifi
image
އެމްޓީޑީސީން ހިންގާ ރިސޯޓެއް-
0 ކޮމެންޓް
 

އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރުމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީޑީސީން ހުޅުވާލާފައި ވަނީ އެކުންފުނީގެ އާންމު ހިއްސާދާރުން ތަމްސީލުކުރުމަށްޓަކައި ކަނޑައަޅާފައިވާ ފަސް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށެވެ.

ޑިރެެކްޓަރުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އެމްޓީޑީސީގެ ފަންސާސް ހިއްސާ އޮތް ހިއްސާދާރަކަށް ވާން ޖެހެއެވެ. އަދި ތައުލީމީ ބޭފުޅަކަށް ވުމާއި ވިޔަފާރި ނުވަތަ ފަތުރުވެރިކަމުގެ ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާއާއި ގާބިލުކަން ހުރި ފަރާތްތަކަށް ވާންޖެހެއެވެ. އެމަގާމަށް ކުރިމަތިލެވޭނީ މިމަހުގެ 22 ގެ ކުރިންނެވެ.

އެމަގާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ކޯޕަރޭޓް ގަވާނަންސް ކޯޑާއި އެއްގޮތްވާގޮތުގެ މަތީން ހޮއްވުމަށްފަހު، އެފަރާތްތަކުގެ މައުލޫމާތު ކުރިއަށްއޮތް އަހަރީ އާއްމު ޖަލްސާ ބޭއްވުމުގެ ކުރިން އާންމުކުރާނެ ކަމަށް އެމްޓީޑީސީން ބުނެއެވެ.

ޑިރެކްޓަރުން އިންތިހާބު ކުރާނީ އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައެވެ. އެމަގާމަށް ކުރިމަތިލެވޭނީ މިމަހުގެ 22 ގެ ކުރިންނެވެ.

އެމްޓީޑީސީއަކީ ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާ އޮންނަ ފަތުރުވެރިކަމު ދާއިރާގައި މަސައްކަތް ކުރާ ކުންފުންޏެކެވެ.
ހިޔާލު