Katrina Kaif raajjeygai
image
ކެޓްރީނާ---
0 ކޮމެންޓް
 

ކެޓްރީނާ ކައިފް ރާއްޖޭގައި

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ކެޓްރީނާ މިއަދު ރާއްޖެއައިސްފައިވާއިރު އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ސިއްރު ފެންފުށި ރިސޯޓުގައެވެ.



ރާއްޖޭގައި ނަގާފައިވާ ބައެއް ވީޑިއޯ ކެޓްރީނާ ވަނީ އިންސްޓަގުރާމު މެދުވެރިކޮށް ހިއްސާކޮށްފައެވެ. ކެޓްރީނާ ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް އެތައް ފަހަރަކު އައިސްފައެވެ.

ކެޓްރީނާ އެންމެ ފަހުން ފެނިފައި ވަނީ "ޒީރޯ" އިންނެވެ. ފިލްމު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނެރުނުއިރު ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ 'ބާރަތު' އިންނެވެ. އެފިލްމު ނެރުމަށް ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހު ފަސް ވަނަ ދުވަހުއެވެ.
ކެޓްރީނާ ކައިފް
ހިޔާލު