"Jumhoory Party Vany Usoolun Nehtifa"
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު:
5 ކޮމެންޓް
 

"ޖުމްހޫރީ ޕާޓީ ވަނީ އުސޫލުން ނެއްޓިފައި"

ޖުމްހޫރީ ޕާޓީ އުސޫލުން ނެއްޓިފައިވާކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ބ. ތުޅާދޫގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރަައްވާ އަލީ ވަހީދު ވަނީ ވަރަށް ބޮޑަށް ޖުމްހޫރީ ޕާޓީއަށް ފާޑު ވިދާޅުވެފައެވެ.

"ޖޭޕީ ވަނީ ހަމަޔާއި އުސޫލުން ނެއްޓިފައި. ކަން އޮތް ގޮތް ދެންނެވުމުން ޕާޓީން ވަކި ކުރިޔަސް ހެޔޮ. މިހާރު ކުނޫޒުން ވެސް އެންމެ ގިނައިން އުޅުއްވަނީ އަބުދުއްރަހީމް (ޕީއެންސީގެ އިންތިގާލީގެ ރައީސް)" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދަކީ "އަސްލު ޖޭޕީ މީހެއް ނޫން" ކަމަށް ބައެއް މީހުން ބުނަމުން އަންނަ ކަމަށާއި، އެހެން ބުނަމުން ގެންދަނީ އޭނާ މަހުން މަހަށް ޖުމްހޫރީ ޕާޓީން މުސާރަ ނުނަގާތީކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

"މި ދަތުރު ނިންމާފައިދާއިރު ނޭނގެ ޕާޓީން ކަނޑާ ނުލާނެ ކަމެއް ވެސް، ހެއު މައްސަލައެއް ނޫން އެއީކީ. ކޯއްޗެއްތޯ ގެއްލެން އޮތީ ކޯއްޗެއްތޯ ލިބެން އޮތީ އުސޫލެއް ނެތިއްޔާމުން،" އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރާ ގާސިމް އިބްރާހިމް އާއި އަލީވަހީދާ ދެމެމެދު ވަޓްސް އެޕް ގުރޫޕެއްގައި ވެސް ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވުނެވެ. އެ މައްސަލަތަކުގެ ތެރޭގައި ގާސިމް ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީން ވަކިވާނަމަ އެ ޕާޓީގެ ސުލޮޓުތަކުގައި ސަރުކާރުން ލިބިފައިވާ ވަޒީފާއިން ވެސް އިސްތިއުފާ ދޭން ޖެހޭނެކަމަށެވެ.
ހިޔާލު

އިބުރާހިމް

ސޭޓު އެއުޅުއްވަނީ މޮޔަ ބޮލައްއަރައިގެން
އަލީވަހީދު އަޅާނުލައްވާ......

على رشيد

ގާސިމަކީ ތިމާގެ އަމިއްލަ ދުލުން
ބުނާބަހުގަވެސް އިތުބާރެއް ހުއްނަ
މިީހެއްނޭން
މިކަހަލަ މީހުންނަށް ކިޔަނީ منافقن

އެގަންޖާ 19

މިނިސްޓަރ ވަހީދަށް ދަންނަވާލަން ތިބޭފުޅާވެސް ހަމަ ހިނދުކޮޅުގަތޯ ތިހުންނަވަނީ

އަޒީމް

އަލީ ވަހީދުގެ ހިއްވަރާއި ސާބިތުކަމަށް އައްސަރިބަހާ ސާބަސް. ގާސިމް ކަހަލަ ބޯގަމާރު މީހެއްކައިރީ އުޅުމަށްވުރެ މާރަންގަޅުވާނެ ޕާޓީ ބަދަލުކުރިއަސް.

ބިއެމް

އަލީވަހީދަކީ ދެއިރު ދެޕާޓިގައި އުޅޭ ބޭފުޅެއެް ވިލިގިޔަށް ވަޑާގަތީ ޖުމްހޫރި ޕާޓީ އިން ތުޅާދޫއަށް ވަޑާތިޔަގަތީ އެމް ޑީ ޕީ އިން ވާާނުވާ އެބަ އެގޭތައް
މިވަރު ތައްކޮޅެއް ބޮޑުވަރު ތާ