Karan Johar ge Takht in Shah ge firihen dharifulhu Bollywood ah
image
ޝާހު އާއި އަރިޔާން އަދި ކަރަން ޖޯހަރު--
0 ކޮމެންޓް
 

ކަރަން ޖޯހަރުގެ ތަހުތުން ޝާހުގެ ފިރިހެން ދަރިފުޅު ބޮލީވުޑަށް

ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "ތަހުތު" އިން މަޝްހޫރު ތަރި ޝާހުރުކް ހާނުގެ ފިރިހެން ދަރިފުޅު އާރިޔަން ހާން ބޮލީވުޑަށް ނުކުންނަން އުޅޭ ކަމަށް ހަބަރުތައް ބުނެފިއެވެ.
އުމުރުން 21 އަހަރުގެ އާރިޔާން ތަހުތުން ފެނިގެންދާނީ އެކްޓަރެއްގެ ގޮތުގައެއް ނޫނެވެ. އެކްޓުކުރުމުގެ ޝައުގުވެރިކަން ނެތް އާރިޔާން ބޭނުންވަނީ ފިލްމު އުފެއްދުމުގެ ދާއިރާގައި މަސައްކަތް ކުރާށެވެ. މިހެން ކަމުން އޭނާ އެފިލްމުގައި ވެސް މަސައްކަތް ކުރާނީ ކަރަން ޖޯހަރާއެކު އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ.

މީގެކުރިން ޝާހު ވެސް ވަނީ އަރްޔާން އެކްޓަރަށް ވުރެ ބޮޑަށް ބޭނުން ވަނީ ފިލްމު އުފެއްދުންތެރިއަކަށް ވާން ކަމަށާއި ކޮންމެސް ދުވަހަކު ކަރަން ޖޯހަރުމެންނާއެކު ވެސް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އަދި އޭރު ޝާހު ބުނެފައި ވަނީ ފިލްމު އުފެއްދުންތެރިއަކަށް ވުމަށް އާރިޔާން ކިޔަވަމުން އަންނަ ކަމަށެވެ. ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ހާން ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ނުކުންނާނެ ކަމަށް ވެއެވެ.

އެފިލްމަކީ ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރާއި އާލިއާ ބަޓްގެ އިތުރުން ޖާންވީ އާއި ބޫމީ ޕެޑްނަކާރު އަދި ރަންވީރު ސިންގް އާއި ވިކީ ކައުޝަލްގެ އިތުރުން އަނިލް ކަޕޫރު ފެނިގެންދާ ފިލްމެކެވެ. އަންނަ އަހަރު ނެރުމަށް ނިންމާފައިވާ ތަހުތުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ސުމިތް ރޯއީއެވެ.
ހިޔާލު