Raajjeygai chutty heydha kurumahfahu Hina furaifi
image
ހީނާ---
0 ކޮމެންޓް
 

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ހީނާ ފުރައިފި

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހީނާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރައިފިއެވެ.
ހީނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައިސްފައިވަނީ އޭނާގެ އާއިލާ އާއެކުގައެވެ. ތާޖް މޯލްޑިވްސް ރިސޯޓުގައި އެމީހުން ޗުއްޓީ ހޭދަކޮށްފައިވާއިރު ހީނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ގޮތް އޮފިޝަލް އިންސްޓަގުރާމު ސްޓޯރީ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް ހިއްސާކޮށްފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ވެސް ހީނާ ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައެވެ. ހީނާ އޭރު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާއެކުގައެވެ.

ހީނާ މިހާރު ދަނީ އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ. އެ ޝޯގައި އޭނާ ފެނިގެންދަނީ އެންމެ މުހިއްމު އެއް ރޯލުކަމަށްވާ ކޮމޮލިކާގެ ރޯލުންނެވެ. އޭގެ އިތުރުން ހީނާ އަންނަނީ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.
ހީނާ ހާން
ހިޔާލު