Fasbai saafu Nazaahaaiytheri Memberunthakeh nuhovaifinama Raajjeyge Kurimagu banavaane: Imran
image
ޝެއިހް އިމްރާން-- ފޮޓޯ: އަދާލަތު ޕާޓީ
0 ކޮމެންޓް
 

ފަސްބައި ސާފު ނަޒާހާތްތެރި މެމްބަރުންތަކެއް ނުހޮވައިފިނަމަ ރާއްޖޭގެ ކުރިމަގު ބަނަވާނެ: އިމްރާން

އަންނަ ހޮނިހިރު ދުވަހު އޮންނަ މަޖިލިސް އިންތިހާބަށް ފަސްބައި ސާފު ނަޒާހާތްތެރި މެމްބަރުންތަކެއް ނުހޮވައިފިނަމަ ރާއްޖޭގެ މުސްތަގުބަލު ބަނަވެ ނާޒުކުވެގެން ހިނގައިދާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހދ. މާކުނުދޫ ދާއިރާއަށް ވާދަކުރައްވާ އަދި މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ ކެމްޕެއިން ޖަލްސާގައި އިމްރާން ވަނީ ކުރިއަށް އޮތް އިންތިހާބަށް ހެޔޮލަފާ ތެދުވެރި މެމްބަރުން ހޮވުމުގެ މުހިންމުކަން ފާހަގަކުރައްފައެވެ. އަދި ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ، ފަސްބައި ސާފު ނަޒާހާތްތެރި މެމްބަރުންތަކެއް ތިބޭ މަޖިލީހަކަށް ނުވެއްޖެ ނަމަ ރާއްޖޭގެ މުސްތަގުބަލު ބަނަވެ ނާޒުކުވެގެން ހިނގައިދާނެ ކަމަށެވެ.

އަދާލަތް ޕާޓީގެ ކެނޑިޑޭޓުންނަށް ދެވޭ ވޯޓަކީ ސަރުކާރަށް ދެވޭ ވޯޓެއް ކަމަށާއި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެޕާޓީއަށް ވޯޓު ދެއްވުމަށް އެދޭ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ތަރައްގީ އާއި މުޖުތަމައަށް އުފާ ފާގަތިތަކަން ގެނެސްދެވޭނީ ސަރުކާރާއެކު މަސައްކަތް ކޮށްގެން ކަމަށް ވެސް މިނިސްޓަރުގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި އަބަދުވެސް އިސްކަމެއް ދެނީ ދީނާއި ގައުމުގެ މަސްލަހަތު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިސްކަމެއް ދޭނީ އެކަމަށް ކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، މަޖިލިސް މެމްބަރުންނަކީ ޒިންމާ ބޮޑު ބައެއް ކަމަށެވެ. އެގޮތުން މަޖިލީހުގެ ތެރޭގައި ކަންކަން ކުރާ ގޮތުން ގައުމުގެ ހަލަބޮލިވެ އާންމުންގެ މެދުގައި ބައިބައިވުން އުފެދޭ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީން ނުވަ ދާއިރާއަކަށް ވާދަކުރެއެވެ. އަދާލަތު ޕާޓީން ވަނީ އެޕާޓީން ވާދަނުކުރާ ދާއިރާތަކުން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފަރާތްތަކަށް ތާއީދު ކުރަން ވެސް ނިންމާފައެވެ.
ހިޔާލު