Anna aharuge fahukolhu Hulhumale' ge 2 vana fiyavaheegai Meehun Vazanverivaane: Raees
image
ރައީސް ސޯލިހު-- ފޮޓޯ: އެޗްޑީސީ
0 ކޮމެންޓް
 

އަންނަ އަހަރުގެ ފަހުކޮޅު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާނެ: ރައީސް

އަންނަ އަހަރުގެ ފަހުކޮޅު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފަށާނެކަމަށް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ފަހުކޮޅު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފަށާއިރު ކޮންމެ ގޭބިސީއަކުން ވެސް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ކަމަށެވެ.

" އޭގެ އިތުރުން ރަށުގެ ކުޑަ ބޮޑު މިނަށް ބެލުމަށް ނެތި ފަސް އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
.
އެމްޑަބްލިއުއެސްސީން ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުއަށް 15 މިލިއަން ޑޮލަރު ހަރަދުކުރާނެކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
ހިޔާލު