Raees Yameen aai gulhumakee unmeedhaai tharahgeegai vihalun: Ali Waheed
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެމްޑީޕީ ކެމްޕޭން ދަތުރެއްގެ ތެރެއިން.
0 ކޮމެންޓް
 

ރައީސް ޔާމީނާ ގުޅުމަކީ އުންމީދާއި ތަރައްގީގައި ވިހަލުން: އަލީ ވަހީދު

ހޮނިހުރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރައީސް އަބްދުﷲ ޔާމީނުގެ ޕީޕީއެމް އާއި ޕީއެންސީ އާ ގުޅިގެން ކުރާ މަސައްކަތަކީ، ދިވެހިންގެ އުންމީދާއި ތަރައްގީގައި ވިހަލުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ސިފަކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި އަލީ ވަހީދު މިއަދު އެމްޑީޕީން ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވިދަޅުވީ، ރައީސް ޔާމީނުގެ ސިޔާސަތަކީ ނާގަ ހަރުފައެއްގެ ސިޔާސަތު ކަމަށާއި، އަނެއްކާ ވެސް ވިހަލާނެ ކަމަށެވެ. އަދި ދެ ވަނަ ފެބްރުއަރީ ހަތެއް ދެކެން ބޭނުން ނުވާ ކަމަށާއި، ބަޣާވާތް ކުރަން އެއްވެސް ފުރުސަތެއް މިބުރު ނުދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު ކޮބައިތޯ އިންސާފެއް. އެމްޑީޕީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮވެގެން އެމްޑީޕީން އައިސް ކޯލިޝަން ހަދާ، އެމްޑީޕީގަ ގާބިލު މީހުން މަދީކީ ނޫން މިހާރު ވެސް ވަޒީރުންގެ މަޖިލީހަށް ދާކަށް، މަޖިލީހަށް ކުރިމަތިލާކަށް، ސްޓޭޓް މިނިސްޓަރު ކަމަށް ދާކަށް. އެ މީހުންވެސް މަޑުކޮށްލުވާފަ ދެން އެއްކޮށް މަސައްކަތްކުރި އެއަށްވުރެ މާ ކުދި ޕާޓީތަކުގެ މީހުން ލައިގެން ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރަނިކޮށް ހެޔޮނުވާނެ އިނގޭތޯ ރައީސުލްޖުމްހޫރިއްޔާ ގައިގަ ކޮޅުފައިން ޖަހާފަ ގޯނި ހިފައިގެން ދުވި މީހުންނާ، 50 ގުނަ ހަތަރެއް ޖެހި މީހުން ގޮވައިގެން ދާކަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އިންޒާރުގެ މެސެޖުތައް ލިބެމުން އަންނަ ކަމަށާއި މިއަދުން ފެށިގެން އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ރައީސް ސޯލިހުގެ ކެންޑިޑޭޓުންނޭ ބުނުމުގެ ހައްގު މިހާރު ނޯންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ 23 ސެޕްޓެމްބަރާ އެއްކޮށް އެމްޑީޕީ އާއި އަދާލަތާ، އެމްއާރުއެމް އާ އެއްކޮށް ކޮނޑާއި ކޮނޑު ޖައްސައިގެން ތިބި ބޭފުޅުންނަށް އެކަނި ވޯޓްލާނީ. އެހެން ހުރިހާ ތަނެއްގައި އެމްޑީޕީ އަށް ތިބޭފުޅުން ވޯޓް ލާންވާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ވެސް އަލީ ވަހީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހަށް ހޮވައިގެން ރައީސް ސޯލިހަށް އެހީތެރިވަނީ ކިހިނެއްތޯ ސުވާލު އުފެއްދެވި އެވެ.
ހިޔާލު