Alhugandah Jumhooree Party ge siyaasathu minimunee: Ali Waheed
image
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް (ވ) އާއި އެޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު.
4 ކޮމެންޓް
 

އަޅުގަނޑަށް ޖުމްހޫރީ ޕާޓީގެ ސިޔާސަތު މިނިމުނީ: އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ސިޔާސަތު ނިމިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު އޮންނަ އާންމު އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނުގެ ޕީޕިއެމް އާއި ޕީއެންސީ އާ ގުޅިގެން ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަން ނިންމުމާ އެކު އަލީ ވަހީދު ވަނީ ފާޅުގައި ވަރަށް ބޮޑަށް އެ ޕާޓީގެ ބައެއް ނިންމުންތަކަށް ފާޑުވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ އެޖެންޑާ 19 ކެމްޕޭން ޖަލްސާތަކުގައި ބައިވެރިވެ، ވަރަށް ބޮޑަށް ޖުމްހޫރީ ޕާޓީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަލީ ވަހީދު ވާހަކަ ދައްކާފައި ވެސް ވެއެވެ.

އެގޮތުން މިއަދު އެމްޑީޕީން ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވެސް "ޖުމްހޫރީ ޕާޓީގެ ސިޔާސަތު އަޅުގަނޑަށް ނިމިއްޖެ" ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ ވަރަށް ބޮޑަށް އެ ޕާޓީ އަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީ އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮވެ، ކުދި ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން އެ ޕާޓީގައި ގާބިލު ބޭފުޅުން ތިއްބާ އެހެން ޕާޓީތަކުގެ ބޭފުޅުންނަށް މަގާމުތައް ދީގެން މަސައްކަތް ކުރަމުން އަންނަ އިރު، ޖޭޕީ އަށް މަދުވެގެން އުޅޭ އެއްޗެއް ސާފު ނުވާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ނުލާހިކު ރީއްޗަށް، ރަނގަޅު އޮއިވަރެއްގައި އަޅުގަނޑުމެން ވެރިކަމަކަށް އައިސް މިތިބީ. އަދި މިއުޅެނީ 100 ދުވަސް، ވޯކިން ޑޭސް ނުވެގެން. ކޯއްޗެއްތޯ މަދީ ޖުމްހޫރީ ޕާޓީގަ؟ ގައުމުގެ ނައިބު ރައީސްކަން، ގައުމުގެ ޓޫރިޒަމް މިނިސްޓަރުކަން، ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރުކަން. ޖުމްހޫރީ ޕާޓީ ކައުންސިލް މެމްބަރުން އެތިބީ ސްޓޭޓް މިނިސްޓަރުކަމާއި، ޑެޕިއުޓީ މިނިސްޓަރު ކަމުގައި. އަދި އެމްޑީޕީ ތެރެއިން މަސައްކަތް ކޮށްފައި ދާ އޮހޮރުވި ދިޔައިރު އަދި އެމީހުންނަށް މަގާމު ނުލިބޭ ކިތަންމެ ބަޔަކު އެބަތިބި،" އަލީ ވަހިދު ވިދާޅުވި އެވެ.

ހޮނިހުރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރައީސް އަބްދުﷲ ޔާމީނުގެ ޕީޕީއެމް އާއި ޕީއެންސީ އާ ގުޅިގެން ކުރާ މަސައްކަތަކީ، ދިވެހިންގެ އުންމީދާއި ތަރައްގީގައި ވިހަލުން ކަމަށް ވެސް އަލީ ވަހީދު މިއަދު ވަނީ ސިފަކުރައްވައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ރައީސް ސޯލިހުގެ ކެންޑިޑޭޓުންނޭ ބުނުމުގެ ހައްގު މިހާރު ނޯންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ 23 ސެޕްޓެމްބަރާ އެއްކޮށް އެމްޑީޕީ އާއި އަދާލަތާ، އެމްއާރުއެމް އާ އެއްކޮށް ކޮނޑާއި ކޮނޑު ޖައްސައިގެން ތިބި ބޭފުޅުންނަށް އެކަނި ވޯޓްލާނީ. އެހެން ހުރިހާ ތަނެއްގައި އެމްޑީޕީ އަށް ތިބޭފުޅުން ވޯޓް ލާންވާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖެ ޓީވީ އަށް ދިމާވި ގޮންޖެހުންތަކާ އެކު އެ ތަނުގެ ޗެއާމަން އަކްރަމް ކަމާލުއްދީން ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުން، ގްރައުންޑްގައި މަސައްކަތް ކުރައްވަން ހުންނެވި އަހްމަދު ސަލީމް ހޯރަދުށީ ދާއިރާ އަށް ވާދަކުރައްވަނިކޮށް ޖުމްހޫރީ ޕާޓީން ނިކުމެ، "ފައިސާ ގޯނި ހިފައިގެން" އުޅުނު ކެންޑިޑޭޓަށް ވޯޓް ދޭން ބުނުމަކީ "އަމިއްލަ ގަޔަށް ކުޅުޖެހުން" ފަދަ ކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ކެމްޕޭނުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ލ. އަތޮޅަށް ވަޑައިގެން، ކޮނޑާއި ކޮނޑު ޖައްސަވައިގެން ދެ ބޭފުޅުން ތިއްބަވާއިރު، އަބްދުއްރަހީމަކީ ގާސިމްގެ މުދާ ނަގަން ގޮވަމުން ދިޔަ ބޭފުޅާ ކަމަށާއި، އެ ދުވަހު "ކޮނޑުގައި ފިރުމާލަ ފިރުމާލާ ތިބީ އަޅުގަނޑުމެން" ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އަބްދުއްރަހީމް މަޖިލީހަށް ހޮވައިގެން ރައީސް ސޯލިހަށް އެހީވާނީ ކިހިނެއްތޯ އަލީވަހީދު ސުވާލު ކުރެއްވި އެވެ.

"ރައީސް ސޯލިހު މިވަގުތު އެ ހުންނެވީ މިއޮތް ބަރަވެލި ކަނޑު ކަހަލަ ކަނޑެއްގެ މެދުގައި. އެހެންވީމާ މިއަދާ މާދަމާ އަދި ހޮނިހިރު ދުވަހު އަޅުގަނޑުމެންގެ ރާއްޖޭގެ އެމްޑީޕީ އަށް ތާއީދު ކުރާ މެމްބަރުންނާ އަދި ރާއްޖޭގައި އިސްލާހަށް، ހަގީގީ ތަރައްގީ އާއި ތަމައްދުން އަށް ލޯބިކުރާ ރައްޔިތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެކަނިކޮށްނުލާ، އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ދޭން އަތުކުރި އޮޅާލަން އެބަޖެހޭ. އެއީ އަޅުގަނޑުމެންގެ ގައުމީ ވާޖިބެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވަނީ ކޯލިޝަނުގައި މަޖިލީސް މެޖޯރިޓީ މިހާރު އޮތް އިރު، ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ގާނޫނު އަސާސީއާ ހިލާފުކަމަށް ވިދާޅުވެ ފާސް ނުކޮށް އުޅޭއިރު، މިނިވަން މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކުރެވިގެން އުޅެނީ ކީއްގެންތޯ ވެސް ސުވާލު އުފައްދާފަ އެވެ.
ހިޔާލު

ާކޮއިމަލާ

މީ ޖުމްހުރީ ޕާޓީގެ ރިޔާސަތުގަ އަންނި އެޅުވި ފަންޏެއް

ކުލަބަ

ކަލެއަކީ ޖުމްހޫރީޕޓީ ހަލާކު ކޮށްލަން ފޮނުވު ފަންޏެއް. ޖުމްހޫރީ ޕާޓީގަ އެމްޑީ.ޕީގެ ކިތައްމެ ފަންޏެއްވެސް އެބަތިބި. ފައިސާގެ ދަހިވެތި ކަމުގަ އައީ ޤާސިމަށްވެސް އެކަން ނޭގޭތީ ދެރައީ

ބޭބެ

ފެހުރިހި އެންހަލުގަ އޮންނަނީ އެތަން ފަސޭހަވެގެނެއް ނޫން، އެއަށް އޮންނަން،ފަސޭހައީ މާކަނޑު ފުރަތަމަވެސް އެގޭ ކަލޭ ޖޭ.ޕީ އަށް ދިޔައީ ޤާސިމަށް ހެޔޮއެދިގެން ނޫންކާން،އަދި މިއަދު އިބޫ އަށް ތަޢުރީފު ތިކުރަނީ މަޤާމުގެއްލިދާނެތީކަން ވެސް ވަރަށްސާފު މީހާގެ އަތުގާ ރަގަޅުފޮތެއް ނެތިއްޔާ ގޮތެއްވެސް ނުހުންނާނެ

އަޒީމް

އަލީވަހީދުގެ ހިއްވަރަށް އައްސަރިބަހާ ސާބަސް، މުއުމިނެއްގެ ގަޔަށް އެއްހޮރަކުން ދެފަހަރަށް ކައްޓެއް ނުޖެހޭނެ.