Yameen ge account thah dhookohlaifi
image
ރައީސް ޔާމީން
1 ކޮމެންޓް
 

ޔާމީންގެ އެކައުންޓްތައް ދޫކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެކައުންޓްތަކުގައި ހުރި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު ދެ އަމުރުވެސް ބާތިލްކޮށް އެކައުންޓްތައް ދޫކޮށްލައިފިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކައުންޓްތައް ދޫކޮށްލާފައިވަނީ ނިމިދިޔަ ހަފްތާގައެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ދޫކޮށްލުމަށް ހައިކޯޓުން ކުރި އަމުރު މިހާރުވަނީ ސްޕްރީމް ކޯޓްގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ހައިކޯޓުން އެ އަމުރު ނެރުނު އިރު މި މަހުގެ 12 ވަނަ ދުވަހަށް އެ އަމުރުގެ މުއްދަތު ހަމަވާތީ އިތުރު އަމުރެއް ދައުލަތުންވަނީ ހޯދާފައެވެ.

އެހެން ކަމުން ކްރިމިނަލް ކޯޓްގެ ފުރަތަމަ އަމުރު ހައިކޯޓުން ބާތިލްކުރި ނަމަވެސް ދެ ވަނަ އަމުރު އޭރު އޮތުމުން ރައީސް ޔާމީންގެ އެކައުންޓްތައް ދޫކޮށްލާފައެއް ނުވެއެވެ. ދެ ވަނަ އަމުރު ބާތިލްކޮށް އެކައުންޓްތައް ދޫކޮށްލިއިރު މަޖިލިސް އިންތިހާބަށް ހަރަދު ކުރަން އެފައިސާ ނުލިބުމުގެ ކަންބޮޑުވުން ރައީސް ޔާމީންވަނީ ކުރައްވާފައެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނު ރަޢީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ވައްކަމުގެ ފައިސާ ލޯންޑަރ ކުރުމުގެ ތުހުމަތުގެ ދައުވާއާއި ގުޅިގެންނެވެ.
ރައީސް ޔާމީން
ހިޔާލު

ޙުސެން

މި ހުކުމަ ނެރުނު ފަނޑިޔާރުން ޤާނުނު ކުރިމައްޗަށް ގެނެސް ރާއޖޭ ގެ އިންޚާބަށް ނުފޫޒު ފޯަރުވުމައްޓަކާ މިހިންގި ޖަރީމާއާއި ވަގަކު އަދި ނުރައްކާތެރި މުޖުރިމަކު ދޫކޮށް ބެހެއްޓމައްސަލަބަލައި މި ފަނޑިޔާރުނަށް ފިޔަވަޅު އަޅަންޖެހޭނެއެވެ.