100 million ruffiya account ah jamaavi goiyy hoadhan jehey: Naibu Raees
image
ނައިބު ރައީސް ފައިސަލް
0 ކޮމެންޓް
 

100 މިލިއަން ރުފިޔާ އެކައުންޓަށް ޖަމާވިގޮތް ހޯދަން ޖެހޭ: ނައިބު ރައީސް

އެކައުންޓްތަކަށް 100 މިލިއަން ރުފިޔާ ޖަމާވެފައިވާގޮތް ހޯދަން ޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކަންޓްތަކަށް 100 މިލިއަން ރުފިޔާ ޖަމާކޮށްފައިހުރި މައްސަލަ އަށެވެ.
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ރޮޒައިނާ އާދަމްގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް ޔާމީންގެ ނަން ވިދާޅުނުވެ ފައިސަލް ވިދާޅުވީ އެކައުންޓްތަކަށް ފައިސާ ޖަމާވިގޮތް މުއައްސަސާތަލުން ބަލާނެ ކަމުގައެވެ. އަދި 100 މިލިއަން ރުފިޔާ އެކައުންޓްތަކަށް ވަދެފައިވާގޮތް ހޯދަން ޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު މީދޫ ދާއިރާއަށް ނެރެފައި ވަނިކޮށް އެމްޑީޕީ ކެންޑިޑޭޓަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ރައްޔިތުން ސަރުކާރާއި އެކު ތިބުމަށް އެދިވަޑައި ގަންނަވާފައެވެ.

ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން ދުވަހަކުވެސް ޤާނޫނާއި ހިލާފަށް ކަމެއް ނުކުރާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ބޭނުންހާ ގޮތެއް ސަރުކާރަށް ހަދަން ނުކެރޭނެކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކާރަށް ބޭނުންހާ ގޮތެއް ހެދޭނެކަމަށް އިދިކޮޅު ފަރާތްތަކުން އެކޭދެކުން އެއީ ހީވާގޮތް ކަމުގައެވެ. އަދި ސަރުކާރު އޮތީ ކެރިގެން ތައްޔާރަށް ކަމަށާއި ސަރުކާރަށް ބޭނުންހާގޮތެއް ނުހެދޭނެކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.


ހިޔާލު