Raees Yameen votelaan vadainugannavaa
image
ކުރީގެ ރައީސް ޔާމީން: ހިޔާނާތާއި ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވޭ.
1 ކޮމެންޓް
 

ރައީސް ޔާމީން ވޯޓްލާން ވަޑައިނުގަންނަވާ

މަޖިލީސް އިންތިހާބުގެ ވޯޓްލުން 6:00 ގައި ބަންދުވި އިރު، ރައީސް އަބްދުﷲ ޔާމީން ވޯޓްލާން ވަޑައިނުގަންނަވާ ކަން "ސީއެންއެމް" އަށް އެނގިއްޖެ އެވެ.
ރައީސް ޔާމީން ވޯޓްލެއްވޭނީ މައްޗަންގޮޅި އުތުރު ދާއިރާއަށެވެ. އެ ދާއިރާ އަށް އެމަނިކުފާނުގެ ޕީޕީއެމް ކެންޑިޑޭޓަކު ވެސް ވާދަކުރައްވާއިރު، ރައީސް ޔާމީން ވޯޓް ނުލެއްވީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. ރައީސް ޔާމީނުގެ ތާއީދާ އެކު ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރަނީ ކުރިން ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނެވި ސަަފީރު ޖަމީލާ އަލީ އެވެ.

ބައެއް މީހުން ބުނާގޮތުގައި ރައީސް ޔާމީން މިއަދުގެ އިންތިހާބުގައި ވޯޓް ނުލައްވާން ނިންމަވައި، އެކަން ކުރިން އޮތީ ޕީޕީއެމްގެ އިސް ބޭފުޅުންނަށް އަންގާފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

މަނީލޯންޑަރިންގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާ އެކު މާފުށީ ޖަލުގައި ހުންނެވުމަށް ފަހު ފަހުން ގޭބަންދަށް ބަދަލުކޮށްފައި ހުއްޓާ ހައިކޯޓުން އެމަނިކުފާނު ވަނީ މިނިވަން ކޮށްފަ އެވެ.

އެކަމަކު މިނިވަންކުރި ފަހުން މިހާތަނަށް ރައީސް ޔާމީން އާންމުންގެ ތެރެއަށް ނިކުންނަވާފައެއް ނުވެ އެވެ. ނަމަވެސް ޕީޕީއެމް އާއި އެމަނިކުފާނުގެ ޕީއެންސީގެ ބައެއް ކެންޑިޑޭޓުންގެ ކެމްޕޭނުގައި، ފޯނު މެދުވެރިކޮށް އެމަނިކުފާނު ވަނީ ތަފާތު މެސެޖުތައް ދެއްވާފަ އެވެ.
ހިޔާލު

އެފަކީރު

އެފަކީރަށް ލިބޭނެ ވޯޓެއްނެތުމުން ވޯޓްލާން ވަޑައިނުގަތީއެވެ. ޕާޓީގެ މެންބަރަކު ނުހޮވުނަސް އެފަކީރަށް ވަރިހަމައެވެ. އެފަކީރަކީ ކާމިޔާބީގައި ގަޓުހުންނަވާ ނާކާބިޔާގައި ފުއްޑަނުގައި އޮންނަވާ ރައީސެވެ.