Qasim ah majilis raeeskan gellenee!
image
ގާސިމް މަޖިލީހުގެ ރިޔާސަތުގައި
3 ކޮމެންޓް
 

ގާސިމްއަށް މަޖިލިސް ރައީސްކަން ގެއްލެނީ!

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ބޮޑު ނާކަމިޔާބީއެއް ކުރިމަތިވެފައިވާއިރު ކޯލިޝަން އަންނަ 19 ވަނަ މަޖިލީހުގައި ގާސިމަށް މަޖިލީހުގެ ރައީސްކަން ގެއްލޭނެކަމަށް ބެލެވެން ފަށައިފިއެވެ.
މިހާރު ހިނގަމުންދާ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ވަޑައިގެންނެވީ ކޯލިޝަންގެ ތާއީދާއި އެކުއެވެ. އެއާއިއެކު ގާސިމަށް ފަހިވާގޮތަށް ޤާނޫނު އަސާސީއާއި ބައެއް ޤާނޫނުތައް ކުއްލި ގޮތަކަށް ބަދަލުވެސް ކުރިއެވެ. އޭގެ ތެރޭގައި އުމުރުން 65 އަހަރު ވުމުން ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް އޮތް އޮތުން ބަދަލު ކުރުން ހިމެނެއެވެ.

ޤާނޫނު އަސާސީގެ އެ މާއްދާ ބަދަލު ކުރި ނަމަވެސް ބޭރު މީހުންނަށް ރާއްޖޭގެ ބިން ވިއްކޭގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްކާހު ބަދަލުކޮށްފައެއް ނުވެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ވަކިން ނިކުތުމަށް ނިންމުމުން ގާސިމްވަނީ އިދިކޮޅު ފަރާތްތަކާއިގުޅި މަޖިލީހުގެ ތެރެއިން ސަރުކާރަށް ދަތިކުރުމަށް މަސައްކަތް ކުރައްވާފައެވެ. ސަރުކާރުން ބޭނުންވެގެން ޤާނޫނުތަކަށް ގެންނަ ހުށަހަޅާފައިވާ ބައެއް އިސްލާހުތައް ގެނައުމަށް ދަތިކުރުމާއި ބައެއް ޤާނޫނުތައް ފާސް ނުކުރުންފަދަ ކަންކަން މަޖިލީހުގެ ތެރެއިންވަނީ ކޮށްފައެވެ.

އެގޮތުން ރައީސް އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް މަޖިލީހުގެ ތެރެއިން ފާސްކޮށް ނުދިނުމަށް ގާސިމް ރިޔާސަތުގައި އިންނަވައިގެންވަނީ ހުދުމުހުތާރު އެތައް އަމަލެއް ކުރައްވާފައެވެ.

ސަރުކާރަށް ދަތިކުރުމަށް މަސައްކަތް ކުރެއްވުމާއި އިދިކޮޅު ފަރާތްތަކާއި ގުޅިގެން ގާސިމް މަސައްކަތް ކުރެއްވުމުގެ މަތީޖާއެއްގެ ގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ގާސިމަށް ދިނުމަށް ކޯލިޝަނުން ދެކޮޅު ހަދާނެކަމަށް ބެލެވެއެވެ.

ގާސިމްގެ ޖުމްހޫރީ ޕާޓީއާއި ރައީސް ޔާމީންގެ ތާއީދާއިއެކު މަޖިލީހަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިފައިވަނީ ދިހަ ވަރަކަށް ކެންޑިޑޭޓުންނަށެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ސުޕް މެޖޯރިޓީއާއިއެކު މަޖިލީހުގެ 66 ގޮނޑި ކާމިޔާބު ކުރާނެކަމަށް މިހާތަނަށް ސާފުވި ވަގުތީ ނަތީޖާއިން ދައްކައެވެ.
ހިޔާލު

ކަލް

މީނައަށް ރައީސްކަން އެކަނި ގެއްލިގެނެއް ފަރަކު ނުޖެހޭނެ. މީނަގެ މުއްސަނދިކަމަކީ ގައުމު ފަސާދަކުރުމުގެ ވަރަށް ބޮޑު ދައުރެއް އަދާކުރިކަމެއް. އެކަމުގެ ނާޖާއިޒު ބޭނުންކުރިގޮތް އެބަޖެހޭ ބެލެން.

އައްޑޫ މީހަ

ތިޔެވަގުތެބޭރެކޮއްލަ ވަރަށް ދެފުއްކެޖެރިޔެއްތޭ

އެޓޮމް

ގާސިމް ބޭރުކުރޭ ރައްޔިތުންނަށް ހަރާންކޯރުވެ ކަމިޝަންތަކަށް ބާރުނުދޭން އުޅެނީ ބަޢާވާތުގެ ހިތިރަހަ މަޖިލިސްގޮނޑި ލިބުނު 3 ބާޢީން މަޖިލިހުގައި ބައިންދައިގެން ރީތިކޮން ބަވަން ފުރުސަތު ލިބުނީ ރިޔާޒު ނާޒިމް