JP balivee MDP in Faisaa beheema: Qasim
image
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ--
10 ކޮމެންޓް
 

ޖޭޕީ ބަލިވީ އެމްޑީޕީން ފައިސާ ބެހީމަ: ގާސިމް

މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެމްޑީޕީން އެންމެ ފަހު ދުވަހު ވާރޭފެންހެން ފައިސާ އޮއްސުމުން ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ "ވަގެއް"ގެ އަތުގައި ހިފުމުން ކަމަށް އެޕާޓީގެ ކައުންސިލް މެންބަރު އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު، އެޕާޓީގެ ކައުންސިލް ވަޓްސް އެޕް ގުރޫޕްގައި ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ގާސިމް ވަނީ ބޮޑެތި ތުހުމަތު ތަކެއް އެމްޑީޕީއަށް ކޮށްފައެވެ. އަދި އެޕާޓީއަށް ނާކާމިޔާބުވީ އެމްޑީޕީން ފައިސާ ބެހުމުގެ އިތުރުން މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ޖޭޕީ އަށާއި އެޕާޓީގެ މީހުންނަށް އަދި ގާސިމަށް އެއްޗެހި ގޮވުމުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ 2009 ވަނަ އަހަރު އެއްވެސް ޕާޓީއަކާއި ނުގުޅި 30 ދާއިރާއެއްގެ ކެންޑިޑޭޓުންނަށް ޖޭޕީން ޓިކެޓުދީ ބޮޑު ހަރަދެއް ކުރިނަމަވެސް ހޮވިވަޑައިގަތީ އެމަނިކުފާނު އެކަނި ކަމަށާއި އެއީ ކިހިނެއްވީ ކަމެއްތޯ ސުވާލު އުފައްދަވާފައެވެ.

ވާހަކަތަކެއް ދެކުމުން ނުސިހޭނެކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ވަޓްސްއެޕް ގުރޫޕްގައި ތިބި ފަރާތްތަކުން ނިމިދިޔަ އިންތިހާބު ކާމިޔާބު ކުރުމަށް ކޮށްދެއްވި އެއްވެސް ކަމެއް ނެތްކަމަށް ވެސް ވިދާޅުވެފައެވެ.

އިއްޔެ ބޭއްވުނު މަޖިލިސް އިންތިހާބަށް ޖޭޕީން 41 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފައިވާއިރު އިންތިހާބު ކާމިޔާބު ކުރެވުނީ އެންމެ ހަތް ކެންޑިޑޭޓުންނަށެވެ. އަދި އެމްޑީޕީން 81 ދާއިރާއަކަށް ވާދަކޮށް 66 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ މިވަނީ ނަގާފައެވެ.
ހިޔާލު

އަހުމަދު

ދެން މީނައޯ... ލާރިވެސް އަދިއެހެން ކަންތައްވެސް މީނަކޮށްފަހުރީ މިފަހަރު ވީގޮތް ދެން އެހެން ފަހަރަކުން ތިކަމާ އުޅުއްވާ....

އައްލާބެއްޔާ

ސޭޓު އުޅުނުގޮތުން ކޮންމެ ބަޔަކުވެސް އެއްޗެހިގޮވާނެ! ހާސްފަހަރު ކަށިޖެހިޔަސް ސޭޓައް އިޚްސާސްނުވޭ! ތިޔައީ ވާންވީގޮތް ސޭޓޫ!

ހަގީގަތް

އޅުގަނޑު ވޯޓުލި ދާއިރާގެ މެމްބަރަކީ ޖޭޕީ މީހެއް. އޭނގެ ކެމްޕޭން ބަޖެޓަކީ 60 މިލިޔަން ރުފިޔާ. ހުސް އެކަނި އަޅުގަނޑުމެންގެ ރަށަށްވެސް ބެހި 6 މިލިޔަން ރުފިޔާ. އެންމެ ފަހު ދުވަހުވެސް ލައްކައިން ދެލައްކައިން އާއިލާތަކަށްދިން. މި ފައިސާޔަކީ އޭނަގެ އަމިއްލަ ފައިސާޔަށް ނުވިޔަސް މިފަހަރު ރައްޔިތުން އޭނަޔަށްބުނީ ނޫނެކޭ. ބޮޑު ތަފާތަކުން އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރީ. ދެން ޤާސިމް ތިޔަބުނާ އެއްޗެއް ނުވިސްނުނު.

ކަލް

ވާހަކަ ނުދައްކަވާ. ގއ.ވިލިނގި ދާއިރާ ކާމިޔާބުކުރިފަރާތުން ބެހީ ކާކުދިން ލާރިއެއްކަމުގަ ބުނާކަށް ނެތިން. މައްޗަންގޮޅި މެދު ދާއިރާގެ އަމިއްލަ ކެނޑިޑޭޓު އެއީ ކޮންތާކުން ހޯދި ލާރިއެއް

ހަސަނަށް ހީވާނެ

އެންމެ ގިނައިން ފައިސާ ބަހާމީހާއަށް ތިޔަހެން ހީވުމަކީ އަޖައިބެއް ނޫން.

ރައްޔިތުން

ކަލޭއަތުގައެއްނު ލާރިހުރީ ލާރިން ވާކަމެއް ނަމަވާނީކަލެޔައް

ބިލާލް

ބިލަހަކަށްވެ ނިމުނީ ކާސިމާގެ ހުވަފެން

ނިހާދު

ދެން ލަލަލާ. ބަަލަ ސޭޓްގެ ކެނޑިޑޭޓުން ފައިސާ ބެހިކަން އަހަރުމެންނަށް އިނގެޔޭ. ރައްޔިތުން ބޭނުމެއް ނުވެޔެ ވަގުތީ އުފަލެއް ދާއިމީ އުފަލެއް ލިބެން އޮއްވާ. ސޭޓް ބަލިވީ ވަގެއްގެ އަތުގަ ހިފީމަ. ސޭޓްގެ އަސްލު ސިފަ އޮޅުވައެއް ނުލެވޭނެ

ޢައްޔު

މީހެއްގެފަހަތުގައި އެނބުރޭ ބަަޔަކަށް ޕާރޓީއެއްގެ ސިފަ ނާންނާނެއެވެ. ޢެމްޑީޕީ ވަރުގަަދަ ވީ އިބޫ ގެ ސަބަބުންނެވެ. މީހެއްގެ ފަހަތުން ޕާރޓީ ސަލާމަތްވުމުންނެވެ.

ެއެހެން

ޤާސިމް ބަލިވީ މުޅި ޤައުމު ބަނޑު އަޅަން ތެޅޭކަން ރައްޔިތުންނަށް އިޙްސާސްވީމަ، ޔަޤީން ވީމަ، ލިބޭ މިންވަރަށް ޝުކުރުނުކުރާ މީހެއްކަން ސާބިތުވީމަ.