Aa Majileehuge Memberun Huvaakurun anna mahu fahukolhu baahvanee
image
މަޖިލިސް--
0 ކޮމެންޓް
 

އާ މަޖިލީހުގެ މެންބަރުން ހުވާކުރުން އަންނަ މަހު ފަހުކޮޅު ބާއްވަނީ

އިއްޔެ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރުމަށް ބާއްވާ ރަސްމިއްޔާތު އަންނަ މަހުގެ ފަހުކޮޅު ބާއްވަން މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
2014 ވަނަ އަހަރު މަޖިލީހަށް ހޮވި ވަޑައިގެންނެވި މެމްބަރުންގެ ދައުރު ހަމަވާނީ މިމަސް ނިމުމުން ޗުއްޓީއަށް ދާ ހިސާބުންނެވެ. އެއާއެކު ދެ ވަނަ ދައުރު ފަށާނީ އާ މެމްބަރުންނާއެކު ޖޫން މަހެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މަޖިލީހުގެ މިހާރު މެމްބަރުންގެ ގޮތުގައި ތިއްބެވި ގިނަ އަދަދެއްގެ ފަރާތްތަކަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ހިމެނެއެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު އިއްޔެގެ އިންތިހާބުގައި އެމްޑިޕީން ބޮޑު މެޖޯރިޓީއެއް ހޯދާފައިވާއިރު އެމްޑީޕީން ވަނީ ޖުމްލަ 67 ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިހާބުގެ އިތުރު ގޮނޑިތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީ އިން ހަތް ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޕީޕީއެމް އަށް ލިބިފައިވަނީ ހަތަރު ގޮނޑިއެވެ. އޭގެ އިތުރުން މިނިވަން ކެނޑިޑޭޓުންނަށް 6 ގޮނޑި ލިބިފައިވާއިރު އެމްޑީއޭ އަށް ލިބުނީ އެއް ގޮނޑިއެވެ.



ހިޔާލު