Guesthouse ehgai alifaanroave baeh kotarithah andhaa hulivehje
image
ކާޒާ މިއާ ގެސްޓުހައުސް އަލިފާން ރޯވެފައި.
1 ކޮމެންޓް
 

ގެސްޓްހައުސްއެއްގައި އަލިފާންރޯވެ ބައެއް ކޮޓަރިތައް އަނދާ ހުލިވެއްޖެ

އއ. މަތިވެރީގެ ކާޒާ މިއާ ގެސްޓުހައުސްއެއްގައި މިރޭ ވަރަށް ބޮޑަށް އަލިފާން ރޯވެ ބައެއް ކޮޓަރިތައް އަނދާ ހުލިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ 22:25 ގައި ކަމަށެވެ. އަދި އަލިފާން ނިންވާލެވިފައިވާ ކަމަށާއި، އަލިފާން ނިންވުމުގައި ހަރަކާތްތެރިވީ ތަމްރީނުކޮށްފައި ތިބި އެ ރަށުގެ ސިވިލް ފަޔާ ފައިޓަރުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެނގިފައިވާގޮތުގައި ދެ ބުރިއަށް، ވަރަށް ޒަމާނީ ފެންވަރަކަށް ތަރައްގީ ކޮށްފައިވާ އެ ގެސްޓްހައުސް އަކީ އިއްޔެ ބޭއްވި އާންމު އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ތަނެކެވެ.

އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު އެތަން ހުރީ މަރާމާތަށް ބަންދުކޮށްފައި ކަމުން އެ ތަނުގައި އެއްވެސް މީހަކު ނޫޅެ އެވެ. ނަމަވެސް އެތަނުގައި މަސައްކަތް ކުރާ މީހުން ދިރިއުޅެމުން ދިޔައީ އެ ގެސްޓްހައުސްގައި ކަމަށް ވެއެވެ. އެކަމަކު އޭގެތެރެއިން އެއްވެސް މީހަކަށް ވެސް މި ހާދިސާގައި ގެއްލުންވެފައިވާ ކަން އެނގިފައެއް ނުވެއެވެ.

އެތަން ބަންދުކޮށްފައިވަނީ 25 ކޮޓަރިއާ އެކު ހިންގުމަށް ފަހު ރޫމް އިތުރު ކުރުން ފަދަ މަސައްކަތްތަކަށް ކަމަށް ވެއެވެ. އަދި ބައެއް މީހުން ވަނީ ބަޔަކު އެތަނުގައި ރޯކޮށްލީ ކަމަށް ތުހުމަތު ކޮށްފަ އެވެ.
ހިޔާލު

ލލ

ގެސްޓް ހައުސް ހަދައިގެން ނާޗަރަގީ ކުޅެ ހެއްދެވިހާ ނުބައި ކަމެއް ކުރަން އުޅުނީމާ ﷲ ގެ އަޒާބާއި ކުރިމަތިވާނެ !