Bandhu Dhuvaha Gulhugen Sarukaarah 100 Dhuvas Hamava Dhuvas Anehkaaves Badhaluvejje
image
ރައީސް އިބްރާހިމް މުހައްމަދު ސާލިހު:--
2 ކޮމެންޓް
 

ސަރުކާރަށް 100 ދުވަސް ހަމަވާ ދުވަސް އަނެއްކާވެސް ބަދަލުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިދިޔަ އާދިއްތަ ދުވަސް ބަންދު ކުރެއްވުމާ ގުޅިގެން އަނެއްކާ ވެސް ސަރުކާރުގެ މަސައްކަތަށް 100 ދުވަސް ހަމަވާ ދުވަސް އަނެއްކާވެސް ބަދަލުވެއްޖެއެވެ.
ސަރުކާރުން ގުނަމުން އަންނަނީ ސަރުކާރުގެ މަސައްކަތަށް 100 ދުވަސް ހަމަވާ ދުވަހެވެ. މިހެންކަމުން ސަރުކާރަށް 100 ދުވަސް ވާނެކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަސް ކަމަށެވެ. ނަމަވެސް މިހާރު އެ ދުވަސް ހަމަވާނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ސީއެންއެމްއަށް ވިދަޅުވިއެވެ. ހޫދު ވިދާޅުވީ 15 ދުވަހަށް ހަމަވަނީ އޭޕްރީލް 12 ވަނަ ދުވަހަކީ ހުކުރު ދުވަހަށް ވެފައި މިދިޔަ އާދިއްތަ ދުވަސް ރައީސް ސާލިހު ބަންދު ކުރެއްވުމުންކަމަށެވެ.

މީގެ ކުރިން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ހޫދު ވިދާޅުވީ މީޑިއާތަކުންނާއި އާންމުންގެ ބައެއް މީހުން ސަރުކާރަށް 100 ދުވަސް ގުނަން ނޭގިގެން އުޅޭކަމަށް ބުނެ ފާޑުކިއުން އަމާޒުވާކަަމަށެވެ. އެހެން ނަމަވެސް ސަރުކާރަށް 100 ދުވަސް ވީ ދުވަހާއި ސަރުކާރުން މަސައްކަތްކުރާތާ 100 ދުވަސްވީ ދުވަސް އޮޅިގެން ނުވަތަ ގުނަން ނޭގިގެން ނޫޅޭކަމަށެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން މިހާތަނައް ފުދުނީ 83 ޕަސަންޓުކަމަށް ރައީސް އިބްރާހުމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި ގިނަ ވައުދުތަކެއް ނުފުދި ވަނީ މަޖިލީހުގެ ތެރެއިން އެއްބާރުލުން ނުލިބޭތީކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ހިޔާލު

ޢަހަރެން

މިމީހުން އަނެއްކާ ފަސް އަހަރު ވާއިރަށް ބުނެފާނެ އަދި ބަންދު ދުވަސް ނުލާ ހަމައެއް ނުވޭއޭ

ހދ

100 ދުވަސް ދުވަހަކުވެސް ހަމަ ނުވާ ގޮތައް ހަދަންވީނު.