STO Supermart Ramazan Bazaaru fashaifi, mifaharu boduinaamakah cycle eh!
image
އެސްޓީއޯ ސްޕަމާޓުގެ ރަމަޒާން ބާޒާރުގެ ބޮޑު އިނާމުގެ ގޮތުގައި ލިބޭ ސައިކަލް.-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

އެސްޓީއޯ ސްޕަމާޓް ރަމަޒާން ބާޒާރު ފަށައިފި، މިފަހަރު ބޮޑުއިނާމަކަށް ސައިކަލެއް!

ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ސްޕަމާޓޫން ކުރިއަށް ގެންދާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ތެރެއިން 50 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެގޮތުން ކާބޯތަކެތީގެ އިތުރުން، ބަދިގެ ސާމާނާއި، ހިފާގެންގުޅޭ ގިނަ ސާމާނުތަކެއް ހެޔޮ އަގުތަކެއްގައި ޕްރޮމޯޝަނުގެ ތެރެއިން ލިބިގެން ދާނެ އެވެ.

"ފުދޭވަރަކަށް ބޮޑު ޑިސްކައުންޓެއް މިކޮޅުން ދެމުން ދާނެ ސެލެކްޓެޑް އައިޓަމްސް ޓަކުން. އެގޮތުން 50 އިންސައްތަ އާ ހަމަ އަށް މި ޕްރޮމޯޝަނުގައި ޑިސްކައުންޓް ލިބިގެން ދާނެ. އޭގެ އިތުރުން އަގުހުރި އިނާމްތަކަކާ އެކީގައި ކުރިއަށް ދާނީ،" އެސްޓީއޯ ސުޕަމާޓުގެ ސުޕަވައިޒަރު ރައްޝާން މުހައްމަދު ވިދާޅުވި އެވެ.

ލިޓަސް އާއި ގުޅިގެން އެސްޓީއޯ އިން މި އަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންދާއިރު، ބޮޑު އިނާމަކަށް ކަނޑައަޅާފައިވަނީ ސައިކަލެކެވެ. އެގޮތުން ސައިކަލު ލިބޭނީ ޕްރޮމޯޝަނުގެ ތެރެއިން 500ރ. އިން މަތިން ވިޔަފާރިކުރާ މީހުންނަށް ދޫކުރާ ކޫޕަން ފުރުމަށް ފަހު ހުށަހަޅާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށެވެ.

ރައްޝާން ވިދާޅުވީ ޕްރޮމޯޝަން ނިމުމާ އެކު ޖޫން މަހުގެ 11 ވަނަ ދުވަހު ގުރު ނަގައި، ނަސީބުވެރިޔާ ހޮވާނެ ކަމަށެވެ.
ހިޔާލު