Islamee Marukazuge Imaamakah beyfulhaku ahyan kohfi
image
އިސްލާމީ މަރުކަޒު: އިމާމަކަށް އައްޔަން ކޮށްފައިވަނީ ބ. ކެންދޫ، އެއްގަމުގެ އަލްއުސްތާޒް ނަސްރުﷲ އަލީ.
0 ކޮމެންޓް
 

އިސްލާމީ މަރުކަޒުގެ އިމާމަކަށް ބޭފުޅަކު އައްޔަން ކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޒަމް (އިސްލާމީ މަރުކަޒު)ގެ އިމާމުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް އައްޔަން ކުރެއްވީ ބ. ކެންދޫ، އެއްގަމުގެ އަލްއުސްތާޒް ނަސްރުﷲ އަލީ ކަމަށެވެ. އަދި އޭނާ އެ މަގާމަށް އައްޔަނު ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ގުރުއާނާއި، އިސްލާމީ އިލްމު އުނގަންނައިދިނުމުގައި މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ނަސްރުﷲ އަލީ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ބެޗެލާ އޮފް އާޓްސް ޑިގްރީ އިން އިސްލާމިކް ޝަރީއާ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.
ހިޔާލު