Reyves Nehlaidhoo Kanu Andhireegai adhives iruirukolhaai Current Kendenee
image
ނެއްލައިދޫން ކަރަންޓު ކެނޑިގެން މަގުމަތީގައި ނިދަނީ-- ފޮޓޯ: ސޯޝަލް މީޑިއާ
1 ކޮމެންޓް
 

ރޭ ވެސް ނެއްލައިދޫ ކަނު އަނދިރީގައި، އަދިވެސް އިރުއިރުކޮޅާ ކަރަންޓު ކެނޑެނީ

ހދ. ނެއްލައިދޫއިން ރޭ ކަރަންޓު ކެނޑި މުޅި ރަށް ކަނު އަނދިރީގައި ހޭދަކޮށްފިއެވެ.
ކަރަންޓުގެ މައްސަލަ އަބަދުވެސް ކުރިމަތިވާ ނެއްލައިދޫއަށް އެމައްސަލަ ބޮޑުވީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. އާބާދީގައި 1325 މީހުން ދިރިއުޅެމުން އަންނަ ނެއްލައިދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް ހަތަރު ޖަނަރޭޓަރު ހުރެއެވެ. އެއީ 160 ކިލޯވޮޓުގެ ދެ ޖަނަރޭޓަރާއި 120 އަދި 80 ކިލޯވޮޓުގެ ޖަނަރޭޓަރަކުންނެވެ.

"ރަށަށް ކަރަންޓު ދީފަ ހުންނަ ގަޑިތަކުގައި ވެސް ރަށުގެ ބައެއް ސަރަހައްދުތަކުގެ ގޭތަކުގެ މޯޓަރުން ފެން އަންނަނީ ކިރިޔާ. ފަންކާ އެނބުރެނީ އަތުން އެނބުރީމަ ހުންނަ ވަރަށް." ސީއެންއެމްއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް އިބްރާހީމް ނާޒިމް ވިދާޅުވިއެވެ.

ކަރަންޓުގެ މައްސަލަ ބޮޑުވެ އިއްޔެ އެރަށުގެ 200 އެއްހާ މީހުން އެރަށުގައި ހުންނަ ފެނަކަ ބްރާންޗު ކުރި މައްޗަށް ނުކުރެ އިހުތިޖާޖުކޮށް އެމީހުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލިއެވެ. އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލާ ކަރަންޓު ދޫކުރުމުން އެނބުރި ގެއަށް ދިޔަ ނަމަވެސް ރޭ 7:20 ހާއިރު މުޅި ރަށުން ކަރަންޓު ދިޔަ ގޮތަށް ކަރަންޓު ލިބުނީ ފަތިހު 4:45 ހާއިރެވެ. ރަށުގެ ކުދިބޮޑު އެންމެންހެން ރޭ ނިދީ މަގުތަކުގައި ކުނާ ފަދަ ތަކެތި އަޅައިގެންނެވެ.

"ކަރަންޓު ގޮސްގެން ރޭ ޖެހުނީ ކުޅުދުއްފުށިން ޓެކްނިކަލް ޓީމެއް މިކޮޅަށް ގެންނަން. ގެނައިމަ މި އެނގުނީ އިންޖީނުގޭން ފެށިގެން އަޅާފަ އޮތް މައި ކޭބަލެއް މިއޮތީ އަނދާފަކަން ވެސް. އެހެންވެ އަނެއްކާ ކުޅުދުއްފުށިން ކޭބަލް ގެނެސްގެން އެ ގުޅުވަން މިޖެހުނީ." ކޭބަލް ގުޅިނަމަވެސް މިއަދު ވެސް އެއް ފަހަރު ކަރަންޓު ކެނޑުންކަން ފާހަގަކޮށް ނާޒިމް ވިދާޅުވިއެވެ.

މިހާ ހޫނު ގަދަ ދުވަސް ވަރެއްގައި އިރުއިރުކޮޅާއި ކަރަންޓު ކެނޑޭތީ ދަތިތައް ވަރަށް ބޮޑަށް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ކަރަންޓު ކެނޑެނީ ނަގާއިރަށް ބްރޭކަރު ވެއްޓޭތީ ކަމަށް އެރަށުގައި ހުންނަ ފެނަކަ ބްރާންޗުން ބުނާ ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވަނީ ރަށުގެ އާބާދީއަށް އެކަށީގެންވާ ވަރަށްވުރެ ހިމަ ކޭބަލަކުން ކަރަންޓު ފޯރުކޮށްދޭން މަސައްކަތް ކުރާތީ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ވަގުތީ ހައްލެއްގެ ގޮތުން ޖަނަރޭޓަރުތައް އޯވަހޯލް ކުރުމުގެ މަސައްކަތް ކުރަން އިންޖީނުގެގެއިން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެކަން ފެނަކައިން އަދި ހާމަނުކުރާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ހިޔާލު

މޮޔަގޮވާ

19 ނޮވެމްބަރ 2018 ގައި ދޯ ތިކަމެއް ފެށުނީ...