10 Resort aai 40 Guest House ah huhdha dheefi
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ދިހަ ރިސޯޓާއި 40 ގެސްޓްހައުސްއަށް ހުއްދަ ދީފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތް ފަހުން މިވީ ދުވަސްކޮޅުގެ ތެރޭގައި 10 ރިސޯޓާއި 40 ގެސްޓްހައުސްއަށް ލައިސަންސް ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އަލަށް ލައިސަންސް ދިން 10 ރިސޯޓާއެކު ރިސޯޓުގެ އަދަދު 141 އަށް އިތުރުވެފައިވާ ކަމަށެވެ. އަދި 40 ގެސްޓްހައުސްގެ ހުއްދައާއެކު 545 ގެސްޓްހައުސް ރާއްޖޭގައި އެބަހުރި ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އާ ސަރުކާރު އައިފަހުން 1410 އެނދު ރިސޯޓުތަކަށް އިތުރުކުރެވިފައިވާ ކަމަށާއި ގެސްޓްހައުސްގެ އެނދުގެ އަދަދު ވެސް 640 އަށް އިތުރުވެއްޖެ ކަމަށެވެ. އެއާއެކު ގެސްޓްހައުސްތަކުގައި ޖުމްލަ 8944 އެނދު އެބަހުއްޓެވެ.

"11 ހޮޓަލާއެކު އަޅުގަނޑުމެންގެ ގައުމުގައި މިވަނީ 900 ހޮޓަލް ބެޑްސް. ޑައިވިން ސެންޓަރުތައް ވެސް އިތުރަށް ރަޖިސްޓްރީ ކުރަމުން މިގެންދަނީ އެގޮތުން 12 އިތުރު އާ ޑައިވް ސެންޓަރާއެކު 221 ޑައިވް ސެންޓަރު ރާއްޖޭގައި އެބަހުރި. އަދި 22 ޓްރެވަލް އެޖެންސީ ވެސް މިވަނީ ރަޖިސްޓްރީކޮށްދެވިފަ،އެއާއެކު 335 ޓްރެވަލް އެޖެންސީ ވެސް އެބައޮތް." އަލީ ވަހީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ހަމަޖެހުން ގެނެވިއްޖެ ކަމަށާއި އެދާއިރާ ކުރިއަރާ މަންޒަރު ފެންނަން ފަށައިފި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތައް ހިމެނޭހެން 30 ރިސޯޓެއް ހުޅުވުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.
ހިޔާލު

ކަރީމް

ތިންމަހުންތަ ތިރިޒޯޓް ތައް ތިހެދީ ކިއްލިވިއްކާއިގެން މިލިއަން ރުފިޔާ އެއްކުރި ވަރައް ވުރެވެސް އަވަސް ރާއްޖޭގަ ރިޒޯޓެއް ހަދާލެވެނީ 10 މަސް ނޫނީ 15 މަސް ދުވަސްތެރޭ 24 ގަޑިއިރު ކުރީމަ ބިންހިއްކާގެން ހަދާރައްތައް މިއައްވުރެވެސް ގިނަދުވަސްވާނެ .