Majeelah Hovunu Enmme Thajuribaakaaru Hidhumath'theriaky Hassan Afeef
image
އެމްޑީޕީން ނިންމައިފިނަމަ މަޖިލީހުގެ ރައީސް ކަމާ ހަވާލުވާނަން: ހަސަން އަފީފް / ފޮޓޯ ހަސަން އަފީފް ކެމްޕޭން ޓީމް
11 ކޮމެންޓް
 

"މަޖިލީހަށް ހޮވުނު އެންމެ ތަޖުރިބާކާރު ހިދުމަތްތެރިއަކީ ހަސަން އަފީފް"

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ކޮބައިތޯ މިއަދު މިވަނީ ސުވާލު އުފެދިފައެވެ. މަޖިލީހުގެ ރައީސްކަމަށް "އެންމެ އެކަށީގެންވާ ބޭފުޅަކީ" ކޮބައިތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ސިޔާސީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅުން ދެކިލައްވާ ގޮތުގައި މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ބޭފުޅުންގެ މައިގަނޑު ތިން ސިފައެއް ހުންނަންޖެހެއެވެ. އެއީ ހިދުމަތްތެރިކަމާ، ތަޖުރިބާ އަދި ތައުލީމެވެ.

މި ތިން ސިފަ އެންމެ ފުރިހަމައަށް ހުރި އެއް ބޭފުޅަކީ ވިލުފުށީދާއިރާއާށް އެމްޑީޕީޓިކެޓުގައި އިންތިހާބުވެ ވަޑައިގަންނަވާފައިވާ ހަސަން އަފީފެވެ. އަފީފަކީ މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލު ކުރެއްވުމަށްފަހު އީރާނުގެ ޕަހަލަވި ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ޑިގުރީ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ތަޖުރިބާއަށް ވިސްނާނަމަވެސް އަފީފު މިހާރު އިންތިހާބުވެ ލައްވާފައިވަނީ މަޖިލީހުގެ 25 ވަނަ އަަހަރެވެ. މިދައުރު ފުއްދެވުމުން އަފީފުގެ ބަރުލަމާނީ ހަޔާތް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ އެއްހަމަވީއެވެ. އަފީފު ބަރުލަމާނީ ހަޔާތް ފެއްޓެވީ 1990 ވަނަ އަހަރުއެވެ. 20 އަހަރު ވަންދެން މަޖިލީހުގައި ތ. އަތޮޅުގެ މެމްބަރުކަމުގެ މަގާމު އަފީފު ފުރުއްވިއެވެ.އަދި އަފީފަކީ ގުނާ އަދަދުނުކުރެވޭހާ ގިނަ ހިދުމަތްތައް ބަރުލަމަނީ ހަޔާތުގައި ކޮށްދެއްވި ބޭފުޅެކެވެ. އޭނާއަކީ ދިވެހިރާއްޖޭގެ ދެ ގާނޫނު އަސާސީއެއް އެކުލަވާލުމުގައި އަމަލީގޮތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލަށް އެކުލަވާލާ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގައި ހުންނަވާނެ އެންމެ ބަރުލަމާނީ ތަޖުރިބާ ގިނަ އެއް ބޭފުޅަށްވާނީ ވެސް ހަސަން އަފީފެވެ. އޭނާއަކީ ނޫ ގާނޫނު އަސާސީ އިސްލާހު ކުރި އިރު ވެސް، އެ ގާނޫނު އަސާސީ ޑްރާފްޓު ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި އަދި ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި މިއަދު ދިވެހިރާއްޖޭގައި ތަސްދީގުކޮށް އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސީސީ އެކުލަވާލިއިރުވެސް ހާއްސަ މަޖިލީހުގައި އަދި ޑްރާފްޓިން ކޮމެޓީގައި މެމްބަރެއްގެ މަގާމު އަފީފު ފުރުއްވިއެވެ. އަދި އެންމެ ފުރަތަމަ އެކުލަވާލި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރެއްވެސްމެއެވެ.


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވެސް ދެކިލައްވާ ގޮތުގައި މަޖިލީހަށް ބޭނުންވަނީ ތަޖުރިބާ ހުރި ހިދުމަތްތެރި ބޭފުޅުންނެވެ. އެ ގޮތުން ހަސަން އަފީފަކީ ތަޖުރިބާ ކާރު އަދި ހިދުމަތްތެރި ބޭފުޅެއްކަމަށް ސީނާ ޒާހިރު ވެސް ވަނީ ވިދާޅުވެފައެވެ.މިގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާތަނަށް މަޖިލީހުގެ ރައީސްއަކާމެދު އިއުލާނު ކުރައްވާފައިވާ ފިލޯސަފީއަށްވެސް އެންމެ ރަނގަޅަށް ފެތިވަޑައިގަންނަވާ ބޭފުޅަކީ ހަސަން އަފީފެވެ.

މަޖިލީސް ރައީސްގެ ޝަރުތުތަކަށް ރައީސް ނަޝީދު ކުރައްސަވާ ގޮޅި:

މިގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ ސްޕަ މެޖޯރިޓީ އޮތް ނަމަވެސް މަޖިލިސް ރައީސްކަމަށް ވަޑައިގެންނެވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމުގައެވެ. ނަމަވެސް މަޖިލިސް ރައީސްގެ މަޤާމާއި ނައިބު ރައީސްގެ މަޤާމުގައިވެސް ތިއްވުން އެދިވަޑައިގަންނަވަނީ އެމްޑީޕީގެ މެމްބަރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލީހުގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި މަޖިލީހުގެ ރައީސްކަމަށް ގާބިލް ބޭފުޅުން އެމްޑީޕީގައި އެބަތިއްބެވިކަމަށެވެ. މިހެންކަމުން މި ރައީސް ނަޝީދު މި ކުރަހައްވާ ގޮޅިއަށް ވެސް އިންސާފުވެރި ނަޒަރެއް ހިންގާނަމަ އެންމެ ފުރިހަމައަށް ފެތޭ ބޭފުޅަކީ ހަސަން އަފީފެވެ.

މަޖިލީސް ރައީސް ކަމާ ހަވާލުވާން އަފީފު ހުންނެވީ ތައްޔާރަށް:

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ނިންމައިފިނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ހަވާލުވަން އަފީފު ވަނީ މިއަދު ސީއެންއެމްއަށް ވިދާޅުވެފައެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ހަސައްން އަފީފް ވިދާޅުވީ، އޭނާ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އިންނެވިއުރު މަޖިލީހުގެ ރައީސްކަމަށް ހޮވަނީ މުޅިންވެސް ރައީސުލް ޖުމްހޫރިއްޔާ އެދިލައްވާ ބޭފުޅުންކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަމަށް ވެސް ހޮވަނީ ރައީސުލް ޖުމްހޫރިއްޔާ އެދިލައްވާ ބޭފުޅުންކަމަށެވެ. ނަމަވެސް މިހާރު ދިވެހިރާއްޖޭގެ މަޝްރަހު ބަދަލުވެ، ޕާޓީ ސިސްޓަމެއްގެ މައްޗަށް ހިނގަމުން އަންނައިރު، ޕާޓީން ނިންމާ ނިންމުންތައް ގަބޫލުކުރައްވާނެކަމަށެވެ. މިހެންކަމުން މަޖިލިސް ރައީސްކަމާ ހަވާލުވެ ލައްވާނީ އެގޮތައް ޕާޓީން ނިންމައިފިނަމައެވެ. އަދި އަފީފުގެ އެންމެ މަތީ ޒިންމާއަކީ އެޖެންޑާ 19 މެނިފެސްޓޯގައި އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމާ އެކު ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު ވެލައްވާފައިވާ ވައުދުތައް ފުއްދުމެވެ.

"ޕާޓީން [އެމްޑީޕީން] ނިންމައިފިނަމަ އެކަމަށް މަޖިލީހުގެ ރައީސްކަމަށް އަޅުގަނޑު ޝައުގުވެރިކަން އެބަހުރި. އަޅުގަނޑުގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ އެޖެންޑާ ނަވާރައިގައިވާ ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން. މަޖިލީސް އިންތިހާބުގައި ރައްޔިތުން ވޯޓުލީ އަޅުގަނޑުމެން ގެނެސްދިން އެޖެންޑާ 19 އަށް. ރައީސް ސާލިހަށް ވެސް ރައްޔިތުން ވޯޓު ދިނީ އެމަނިކުފާނު ގެނެސްދިން ސިޔާސަތުތަކާ ވެލެއްވި ވައުދުތަކަށް. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ މިވައުދުތައް ފުއްދައި ދިނުމަށް މަސައްކަތް ކުރަން. އެއީ އަޅުގަނޑުގެ އެންމެ މަތީ ޒިންމާއަކީ،" އަފީފް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ކަމަށް ހަސަން އަފީފުގެ ޝަރުތުހަމަވޭ:

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ ހަސަން އަފީފެވެ. އޭނާއަކީ ބަރުލާމާނީ ހަތާޔް ދިގު، ހިދުމަތްތެރި، ތައުލީމީ އަދި ގާބިލު ޝަހުޝިއްޔަތެވެ. އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ވައްޓާލިއިރުވެސް ސާބިތުކަމާއެކު ވެރިކަމުގެ ދިފާއުގައި ހުންނެވި ހޯމް މިނިސްޓަރަކީ ހަސަން އަފީފެވެ. ދެގޮތެއް ނުވެ އެމްޑީޕީގެ ފިކުރުގެ މަތީގައި ޕާޓީ ފެށުނީއްސުރެ އުފާވެރި ދުވަސްތަކާއި ހިތާމަވެރި ދުވަސްތަކުގައިވެސް އެންމެ އިސްސަފުގައި ހުންނެވި އެއް ބޭފުޅަކީ ހަސަން އަފީފެވެ.
ހިޔާލު

ޗ

މަޖިލީސް މެމްބަރުންނަކީ ދާއިރާ ތަރައްގީ ކުރަން އަންނަޖެހޭ ބައެއް ނޫން. މަޖިލިސް މެމްބަރުންނަކީ މުޅި ގައުމަށް ހެޔޮ އެދިގެން އަންނަބައެއް... އެހެން ނޫނަސް ކުރި ހުރި ރިޔާޒައްވުރެ ގިނައިން އަފީފު އަންނަނީ ދާއިރާއަށް ވެސް އެހީވަމުން...

ޏ

ކިތަންމެ ތަޖުރިބާއެއް ހުއްޓަސް ދާއިރާއަށް މިހާތަނަން ކޮށްދިން ކަމެއް ހަރާން.. އަމިއްލަ އެދުމުން ފޯވެފަ ހުރުން ފިޔަވައި..

މޮޔަ ހަސަން

އަފީފު އެއީ ވަރަށް ހިތް ހެޔޮ ރަނގަޅު ބޭފުޅެއް! އެންމެން ވެގެން އަފީފު މަޖިލީސް ގެ ރައީސް ކަމަށް ހޮވަމާ!!

ކާލި

މަޖިލިސްގެ ޤަވާއިދުގައި ވާގޮތުން މަޖިލިސްގެ ރައީސު ހޮވާނީ މެމްބަރުންގެ ސިއްރު ވޯޓަކުން ނުންތޯ ؟

ރިޔާޒު

20 އަހަރު މަޖިލިސް ކަން ކުރެއްވި އިރު ދާއިރާ އަށް މާބޮޑު ތަރައްޤީއެއް ނުގެނެވުނު މީހަކަށް
މަޖިލީހުގެ ރައިސް ކަން ދިނީމަ ދާއިރާ އަށް ގެނެވޭނީ ކިހާވަރެއްގެ ތަރައްޤީއެއްބާ؟

މަރީ

20 އަހަރު މަޖިލީހުގަ ހުރެގެން ތ.އަތޮޅަށް އަދި ހާއްސަ ކޮށް ވިލުފުށި ދާއިރާއަށް ގެނެސް ދެވުނު ތަރައްގީ

އަލީ ސާލިހު

މަޖިލިސް ރައީސްކަމަށް އެންމެ ރަގަޅީ ސިމް އިބްރާހިމް

ބަރު

އަފީފް 25 އަހަރު އަސްލަމް 10 އަހަރު.. ތަޖުރިބާކާރު ބޭފުޅަކަށް ދެއްވާ..

އަހުތަމް

ދާއިރާގެ އެއާޕޯޓު އެޅުން އަވަސްކޮށްދެއްވާ

އަލީ

ހަމަ ޔަގީން..

ބާއްޖަވެރި

އަފީފަކީ މަޖިލީސް ރައީސްކަމަށް އެއްވަނަ ބޭފުޅެއް!