Baathil vote gunumunves kuri hoadhevee Qasim
image
މިރޭ ވޯޓް އަލުން ގުނަނީ
0 ކޮމެންޓް
 

ބާތިލް ވޯޓް ގުނުމުންވެސް ކުރި ހޯއްދެވީ ގާސިމް

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ވޯޓް ފޮއްޓެއްގައި 190 ބާތިލް ވޯޓް އޮތުމުން އެވޯޓް އަލުން ގުނުމަށް އެމްޑީޕީގެ ކެންޑިޑޭޓް ހުށަހެޅުމުން ބާތިލް ވޯޓް ގުނުމުންވެސް އެދާއިރާގެ މިހާރުގެ މެމްބަރު ޤާސިމް އިބްރާހިމް ކުރި ހޯއްދަވައިފިއެވެ.
މިރޭ ތިން ފޮށި ކަނޑާ އަލުން ގުނުމުން ގާސިމަށް ވަނީ އިތުރަށް 64 ވޯޓް ލިބިފައެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާޒިމަށް 45 ވޯޓް އިތުރުވެފައި ވެއެވެ.

އެހެންކަމުން މިހާރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ގާސިމަށް 1145 ވޯޓް ލިބިފައިވާއިރު އަމީޒަށް ލިބިފައިވަނީ 1046 ވޯޓެވެ.

މަހުޖަނު ގާސިމް މި އިންތިހާބުގައި މާމިނގިލީ ދާއިރާގެ ގޮނޑި ހަނިގޮތަކަށް ދިފާއުކުރި ނަމަވެސް މާމިނގިލީގައި އޮތް ގާސިމްގެ ތާއީދު 40 އިންސަތައް އަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވާކަމަށް މި އިންތިހާބުންވަނީ ހާމަވެފައެވެ. އަދި ފާއިތުވެދިޔަ އިންތިހާބުތަކުގައި މާމިނގިލިން ބޮޑު އަޤްލަބިއްޔަތެއް ނަގަނުން ދިޔަ ގާސިމް މި އިންތިހާބުގެ ނަތީޖާއާއިއެކު ވަނީ ލަދު ގަންނުވާލާފައެވެ.
ހިޔާލު