Raees Maumoon anehkaves PPM Hoadhehuvumaai dhimaa ah
image
ރައީސް މައުމޫނު ވޯޓް ލައްވަން ވަޑައިގަންނަވަނީ
5 ކޮމެންޓް
 

ރައީސް މައުމޫނު އަނެއްކާވެސް ޕީޕީއެމް ހޯއްދެއްވުމާއި ދިމާއަށް

ޕީޕީއެމް އެޕާޓީގެ ހައްޤުވެރިންނަށް ހޯއްދަވާ ދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވައުދުފުޅެއްކަމަށާއި އެހެންކަމުން އެ ވައުދު ފުއްދަވާ ދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކަންކަމުގައި އުޅުނު ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ޝަރުއީ މަރުހަލާއިން ނެރުނު ހުކުމްތަކާއިއެކު، ޕީޕީއެމް ލިބޭނެކަމުގެ އުއްމީދެއް ނެތްކަމަށް ވިދާޅުވެ ރައީސް މައުމޫނުވަނީ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަވެސް ވަނީ ހޯއްދަވާފައެވެ.

ނަމަވެސް މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫނުވަނީ ޕީޕީއެމް އަލުން ހޯއްދެވުމުގެ މަސައްކަތް ކުރައްވާކަމަށް އިޝާރާތް ކުރައްވާފައެވެ. ރައީސް މައުމޫނު މިރޭ ވެސް ވިދާޅުވީ ޕީޕީއެމް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކޮށްފައިވަނީ ޝަރީޢަތަށް ނުފޫޒު ފޯރުވައިގެން ކަމުގައެވެ.

ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމް އޭގެ ހައްޤުވެރިންނަށް ހޯދާދެއްވުމަކީ ރައީސް ޞާލިޙްގެ ވައުދުފުޅެއް ކަމުގައެވެ. އަދި އެ ވައުދު ފުއްދަވާ ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި 20 ދާއިރާއަކަށް ރައީސް މައުމޫނުގެ ތާއީދާއި އެކު ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ނަމަވެސް ކާމިޔާބު ވެފައިވަނީ އެންމެ ގޮނޑި އެކެވެ.

ރައީސް މައުމޫނު މިރޭ ވިދާޅުވީ ނަޒާހަތްތެރި މަޖިލީހެއް އެކުލަވާލުމުގެ ވާހަކަ ދެކެވޭއިރު އިންތިހާބުގެ ކަންކަންވެސް ކުރަންވާނީ ނަޒާހަތްތެރިކަމާއި އެކުގައި ކަމުގައެވެ. އަދި އެނޫން ގޮތަކަށް ކަންކަން ގޮސްގެން ނިކުންނަ ނަތީޖާއަކީ ސައްހަ ނަތީޖާއަކަށް ނުވާނެކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިހާބުގެ ކަންކަން މިހާރަށް ވުރެ ރަނގަޅަށް ކުރެވެން ޖެހޭނެކަމަށްވެސް ރައީސް މައުމޫނު މިރޭ ވިދާޅުވި އެވެ.
ހިޔާލު

ޢަދުނާނު

ޕީޕީއެމް އެއީ ރައީސް މައުމޫންގެ ޙައްޤެއް. މައުމޫނާ ނުލާ ޕީޕީއެމް ޕާޓީއެއްގެ ސިފައިގައި ނުފެންނާނެ. ޑީއާރުޕީވެސް ނިކަން ދެކެބަލަ. ޕީޕީއެމް އެއީ މައުމޫނާއެކު ވަރަށް ކާމިޔާބު ޕާޓީއެއް. މައުމޫނާ ނުލައި މިފެނުނީ ކޮން ނަތީޖާއެއް؟

ބަލަބަލަ

ބަލަ މިކިބި މައުމޫނު ރައްްޔަތުން ނޫނެކޭބުނީމާވެސް އަދިވެސް ވެރިކަމުގެ ދަހިވެތިކަމުގައި ދެންމިހާރު ރަގަޅުވާނީ މިސްކިތް ހިޔާލްކޮއްލައިގެން؟؟ ތިރީސް އަހަރުގެ ހުދު މުހްތާރުގެ ވެރިކަންކޮއްފައިވާ ނުބައި ވެރިއެއް؟؟

އަލީރާޖާ

ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމް އެމަނިކުފާނަށް ނުލިބުމާ، އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެފައި ނެތުމާ މިފަދަ ކަންކަމުގައި ސަބަބުން އެންމެ އެދެވޭ ގޮތުގައި އެމްއާރުއެމްއަށް ކެމްޕޭނު ނުކުރެވުމުން އެންމެ އެދެވޭ ނަތީޖާ އެއް ނުނެރެވުނު ވާހަކަ. އެއްގޮތަކަށްވެސް މިއިންތިޚާބުގެ ނަތީޖާ އާއި މެދު އެއްވެސް ވަރަކަށް ސުވާލެއް ނުއުފައްދަވާ.

އަލީރާޖާ

ބައްޔަށް ޒިންމާ އުފުލުމާއި ގަބޫލުކުރުމުގެ ސިފަ ލީޑަރުންގެ ކިބައިގައި ނެތި ގައުމުގައި ޑިމޮކްރަސީ އާލާއެއް ނުވާނެ. ކެމްޕޭނު ކުރުމަކީވެސް ނުފޫޒެއް. ކޮންމެ ނުފޫޒަކީ ގޯސް ނުފޫޒެއް ނޫން. ތިޔަބޭފުޅުން ރަގަޅަށް ކެމްޕޭނެއް ނުކުރައްވާ. ޕާޓީއެއް ނެތް. ކެންޑިޑޭޓުން ނެރުއްވީ ޕްރައިމަރީ އަކާ ނުލާ. ވީމާ ރައްޔިތުންގެ ތާއީދު އޮތް ވަރު ވަޒަން ކުރާނީ ކިހިނެއްތޯ؟

.ކޮއްކީ.

.މައުމޫނު ތިގޮވާލެއްވީ މަޖުލީހުގެ މެޖޯރިޓީ ލިބުމުން ރިއާސީކޮމިސަނަށް ހުރިހާ ބާރެއްނަގައިގެން ރައީސްއިބޫ އެކޮމިސަން ލައްވާ މައުމޫނަށް ޕީޕީއެމް ދިން ކަމަށް ހުކުމް ކުރާށޭތޯ؟