Male ge aehgai rove gehlunthakeh libijje
image
ގ.ރެޑްޕާލް ގޭގައި ރޯވެގެން ގެއްލުން ލިބިފައި: ފޮޓޯ އެމްއެންޑީއެފް މީޑިއާ
1 ކޮމެންޓް
 

މާލޭ ގެއެއްގައި ރޯވެ ގެއްލުންތަކެއްލިބިއްޖެ

ރޭ މެންދަމު މާލޭ ގެއެއްގައި ރޯވެ ގެއްލުންތަކެއްލިބިއްޖެއެވެ.
ރޭ އަލިފާނުގެ ހާދިސާ ހިނގީ ގ.ރެޑްޕާލް ގޭގައިކަމަށް ސިފައިން ބުނެއެވެ.

ރޭ މެންދަމު 03:45 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭ ދެވަނަ ފަންގިފިލާއަށް އަރަން ހުންނަ ލަކުޑިން ހަދާފައިވާ ސިޑިއެއްކަމަށް ވެސް ސިފައިން ބުނެއެވެ. މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 04:30 ހާއިރުއެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ ގޭގައި އެވަގުތު ތިބި މީހުންތައް އެގެއިން ވަނީ ހުސްކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައިނުވިނަމަވެސް އެގެޔަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ސިފައިން ބުނެއެވެ.
މާލެ އެމްއެންޑީއެފް
ހިޔާލު

ާއަވަށްޓެރިޔާ

ޢެގޭއުލެނީ ޕާޓޭއެއް! ޙިސާބު ގަނޑު އެންމެނަށް އުނދަގޫ ކޮށްހަދާ. ލަފާކުރެވޭގޮތުގައި ޕާޓޭއިން ތަކެއްހޭކެޑި ގެންއެކަން ހިގީ