Roavi geygai dhiriulhey 10 meehakah vaguthee boahiyaavahikan hamajassaidheefi
image
ގ.ރެޑްޕާލް ގޭގައި ރޯވެގެން ގެއްލުން ލިބިފައި: ފޮޓޯ އެމްއެންޑީއެފް މީޑިއާ
0 ކޮމެންޓް
 

ރޯވި ގޭގައި ދިރިއުޅޭ 10 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ރޭ ފަތިހު ގ. ރެޑް ޕާލްގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭގެ ތިން ފަންގިފިލާއެއް އަނދާފައިވާތީ އެތަނުގައި ދިރިއުޅެމުންދިޔަ 10 މީހަކަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިފިއެވެ.
ރޭ ފަތިހު 03:45 ހާއިރު ހިނގި މި ހާދިސާގައި ގ. ރެޑް ޕަރލްގޭގެ ތިން ފަންގިފިލާ، މީހުންނަށް ދިރި ނޫޅެވޭވަރަށް އަނދާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ. އެ އޮތޯރިޓީން ބުނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވަނީ ފަސް އަންހެނަކަށާއި ހަތަރު ފިރިހެނަކަށާއި 18އަހަރުން ދަށުގެ ކުޑަ ކުއްޖަކަށްކަމަށެވެ. އަދި އެމީހުން ދިރިއުޅޭނެ ވަކި ތަނެއް ހަމަޖެހެންދެން އެ ގެސްޓްހައުސްގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައިވާކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އަދި އެމީހުންގެ ކެއުމުގެ ކަންކަންވެސް ހަމަޖައްސައިދީފައިވާކަމަށް ވެސް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މައުލޫމާތުދެ އެވެ.

ރޭ ފަތިހު ހިނގި މި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހަތް މީހަކަށް ވަނީ ފަރުވާދިނުމަށްފަހު ދޫކޮށްލާފައެވެ. މިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށާއި، އެންމެންގެ ހާލުވެސް މިހާރު ރަނގަޅުކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެއެވެ.

ރޭ މެންދަމު 03:45 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭ ދެވަނަ ފަންގިފިލާއަށް އަރަން ހުންނަ ލަކުޑިން ހަދާފައިވާ ސިޑިއެއްކަމަށް ވެސް ސިފައިން ބުނެއެވެ. މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 04:30 ހާއިރުއެވެ.
ހިޔާލު