Eriyadhoo gai alifaan roavejje
image
އެރިއަދޫ ވަލުތެރޭ އަލިފާން ރޯވެފައި---ފޮޓޯ:ޕޮލިސް
2 ކޮމެންޓް
 

އެރިއަދޫ ވަލުގައި ރޯވެއްޖެ

އދ. އޮންނަ ފަޅުރަށެއް ކަމަށްވާ އެރިއަދޫ ވަލުތެރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެހާދިސާ ހިނގި ކަމުގެ މައުލޫމާތު ފުލުހުންށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 2:14 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އަލިފާން ރޯވެގެން އުޅޭކަމަށް މައުލޫމާތު ލިބުމާއެކު ފުލުހުންނާއި މާމިގިލި އެއަޕޯޓުގެ ފަޔަ ޓީމުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި އެރަށުގެ ވަލުގެ ވަރަށް ބޮޑު ބައެއްގައި ވަނީ އަލިފާން ރޯވެފައެވެ. އަދި އޭގެ ސަބަބުން ވަރަށް ގިނަ ގަސްގަހާގެއްސަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެނގިފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ އެރަށުގައި ހުރި ހުއި ތަކެއްގައެވެ. އެރިއަދޫ އަކީ ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ. އަލިފާން ރޯވާން ދިމާވި ސަބަބު އަދި އެނގިފައިނުވާއިރު އެމައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
ހިޔާލު

ލަކޫ

ރާއްޖޭގެ ބޮޑެތި މަހުޖަނުން ރައްޔިތުންނަށް ފައިސާކޮޅެއް ނުދޭން ވެގެން މުދާވެސް އަންދާލަނީތޯ؟ ﷲ ދެއްވި ނިއުމަތަށް ޝުކުރުވެރިވެ ލައްވާ! ﷲ އަލަމެނަށް ހިދާޔަތަޢި ހެޔުތައުފީޤް ދެއްވާށި!

އަދުރޭބެ

އެރިއަދީ އަކީ ކުރީގެ ޑިފެންސް މިނިސްޓަރ އިލްޔާސް އިބްރާހީމް ދަނޑުވެރިކަން ކުރައްވާ ރަށެއް.