Raajjeyge enme bodu Roadha Sale eh Million Rufiyaage Inaamaaeku STO Home Improvement in
image
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް-- ފޮޓޯ: ސީއެންއެމް
2 ކޮމެންޓް
 

ރާއްޖޭގެ އެންމެ ބޮޑު ރޯދަ ސޭލް، އެއް މިލިއަން ރުފިޔާގެ އިނާމާއެކު އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އިން!

ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓްއިން ކުރިއަށް ގެންދާ "ރޯދަ ޕްރޮމޯޝަން" މިފަހަރު އެއް މިލިއަން ރުފިޔާގެ އިނާމާއެކު ފަށާފައިވާއިރު އެ ޕްރޮމޯޝަނަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އެބަދެއެވެ.
ރޯދަ ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ ހުރިހާ ފިހާރަތަކަކުން ހެޔޮ އަގުގައި މުދާ ގަންނަން ލިބޭއިރު ޕްރޮމޯޝަނުގެ ދަށުން 30 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބެއެވެ. އަދި ގަންނަ ބައެއް މުދަލުން 50 ޕަސެންޓާ ހަމައަށް ވެސް ޑިސްކައުންޓު ލިބެއެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ މުދާ އެއް ފުރާޅެއްގެ ދަށުން ލިބޭ އެސްޓީއޯގެ އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 500 ރުފިޔާއިން މަތިން ވިޔަފާރިކުރާ މީހުންނަށް ދޫކުރާ ކޫޕަން ފުރުމަށް ފަހު ހުށަހަޅައިގެންނެވެ.

އެސްޓީއޯގެ ސީނިއާ މެނޭޖަރު އައިމިނަތު ޝުރުފާ ވިދާޅުވީ، މިފަހަރުގެ ރޯދަޔާއި ދިމާކޮށް އެސްޓީއޯ އިން މުޅިން އާ ޕިލިޕްސް އެޔާފުރާޔާރ އެއް މާކެޓަށް ނެރެފައިވާ ކަމަށެވެ. އަދި މިހާރު ވެސް ދުޅަހެޔޮ ދިރިއުޅުމަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ އެއާ ފްރަޔާ އެސްޓީއޯ އިން ބާޒާރުގައި ވިއްކަމުން އަންނަ ކަމަށެވެ. އެއެގޮތުން އެ އެއާ ފްރަޔާގެ ހާއްސަކަމަކީ މަހާއި ކުކުޅު އަދި ހެދިކާ ފަދަ ތަކެތި ތެޔޮ ނާޅާ ތައްޔާރު ކޮށްލެވުމެވެ. މިއީ ރޯދަމަސް ފަދަ ތަފާތު އެކި ވައްތަރުގެ ކާނާއިން ސުފުރާމަތި ފުރާލާ ދުވަސްވަރަކަށް އެންމެ އެކަށޭނެ އެއާ ފްރަޔާއެއް ކަމަށް ޝުރުފާ ވިދާޅުވިއެވެ.

ވަރަށް ފަހުން އެސްޓީއޯ އިން ވަނީ ޓެކްނޯ ބްރޭންޑްގެ ބިލްޓިން އަވަނާއި އުނދުން އަދި ހުޑްތައް ބާޒާރަށް ނެރެފައެވެ. އަދި އެސްޓީއޯ އިން އަންނަނީ ހިޓާޗީ ބުރޭންޑްގެ ފުރިޖް، އެޔާކޯން، ދޮންނަމެޝިން އަދި ވެކްޔުމްކުލީނާ ވެސް ވިއްކަމުންނެވެ. ރޯދަޔައް އެންމެ މަގުބޫލު އެއް ބުރޭންޑް ކަމުގައިވާ ޕިލިޕްސްގެ ޖޫސާރ، ރައިސްކުކަރ، ބުލެންޑާ، ޓޯސްޓާ، އަދި ބަދިގެއަށާއި ރީ ގޭތެރެ ރީތިކުރުމަށް، ބޭނުންވާ ގިނަ ޕްރޮޑަކްޓުތަކެއް އެސްޓީއޯގެ ވިހާރަތަކުން ލިބޭނެއެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އެންމެ މަގުބޫލު ބުރޭންޑް ކަމުގައިވާ މަކިޓާ ޕަވާޓޫލްސް ވެސް ޕްރޮމޯޝަނުގެ ދަށުން ލިބޭއިރު ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޖިގްސޯގެ ޗެލެންޖު ކުރިއަށްދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން އަންނަނީ ކަސްޓަމަރުންގެ މަގްބޫލުކަން ހޯދާފައިވާ ނިޕޯން ޕެއިންޓު ވެސް ބާޒާރުގައި ވިއްކަމުންނެވެ. ނިޕޯން ޕެއިންޓުން ވިއްކާ މޮޒީގާޑަކީ މަދިރި ނައްތާލަދިނުމަށް ބޭނުންކުރާ ޕެއިންޓެކެވެ. އަދި ރާއްޖޭގެ މާކެޓަށް މުޅިން އާ ބުރޭންޑެއް ކަމައްވާ ކޯނޭ ބުރޭންޑްގެ ލިފްޓުތައް ވެސް ބާޒާރުގައި ވިއްކަމުންނެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ގޮތުގައި އެއްވަނަ އަށް ހޮވޭ ފަރާތަކަށް 80،000ރ. ގެ އަގުހުރި އިނާމު ލިބޭއިރު، ދެ ވަނަ އަށް ހޮވޭ ފަރާތަކަށް 40،000ރ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 20،000ރ. ގެ އަގުހުރި އިނާމު ލިބޭނެ އެވެ. އޭގެ އިތުރުން ވަގުތުން ލިބޭ އިނާމުތަކާއި ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު ވެސް ހޮވާނެއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް ރޯދަ ސޭލެވެ. އެގޮތުން މިހާތަނަށް އިނާމެއްގެ ގޮތުގައި އެއް މިލިއަން ރުފިޔާގެ އަގު ހުރި އިނާމު ލިބޭ ރޯދަ ސޭލެއް ރާއްޖޭގައި ބާއްވާފައެއް ނުވާއިރު މިއީ އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ވިޔަފާރިކޮށްލަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތަކަށް ވާނެއެވެ.
އެސްޓީއޯ ވިޔަފާރި
ހިޔާލު

ޒިޔާދު

ޚަބަރު ލިޔުނު ކުއްޖާއަށް ވ ސަލާމް. ކިޔާ ކިޔާ ވެސް 1 މިލިއަން އައި ގޮތެއް ނޭނގުނު. އެންމެ މަތީ އިނާމަކީ 80000 ކަމަށް ޖަހާފައި އެބައޮތް.

ެއެސް ޓީ އޯ

1 މިލިއަން އައި ގޮތެއް ނުވިސްނޭ އަދިވެސް!!!