Majileehugai JP fenigendhaanee sarukaaru coalition party eh gothugai
image
އަބްދުﷲ ރިޔާޒް---ފޮޓޯ:މޯލްޑިވްސް އިންޑިޕެންޑެންޓް
1 ކޮމެންޓް
 

މަޖިލީހުގައި ޖޭޕީ މަސައްކަތް ކުރާނީ ސަރުކާރާއެކު

މަޖިލީހުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ފެނިގެންދާނީ ސަރުކާރު ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް އެހެން ވިދާޅުވީ 19 ވަނަ މަޖިލީހުގައި ޖޭޕީ މަސައްކަތް ކުރާނީ އިދިކޮޅު ޕާޓީގެ ގޮތުގައިތޯ ރާއްޖޭގެ މީޑިއާއަކުން ކުރި ސުވާލަކާ ގުޅިގެންނެވެ. އެގޮތުން އެސުވާލަށް ޖަވާބު ދެމުން ރިޔާޒު ވިދާޅުވީ މިހާރު ވެސް ޖޭޕީ މަޖިލީހުގައި މަސައްކަތް ކުރަމުން ދަނީ ސަރުކާރާ އެކުގައި ކަމަށެވެ.

އޭގެ އިތުރުން އެ ޕޮޒިޝން ބަދަލު ނުވާނެ ކަމަށާއި އެޕާޓީ އިން މަޖިލީހުގައި މަސައްކަތް ކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމުގައި ކަމަށް ވެސް ރިޔާޒު ވަނީ ވިދާޅުވެފައެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވެރިކަމުގައި އޮތް އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން އެމްޑީޕީން 65 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީއަށް ލިބިފައިވާކަމަށް ދައްކަނީ 5 ގޮނޑިއެވެ. ޕީޕީއެމްއަށް ވެސް 5 ގޮނޑިއެވެ. އަދި ޕީއެންސީއަށް 3 ގޮނޑިއެވެ.
ހިޔާލު

އައިސް

ގާސިމު ކިއުއްވާ އެއްޗެއް ދިމައެއް ނުވޭ