Kim Kardashian Lawyer kan kiyavanee
image
ކިމް ކާޑޭޝިއަން--
0 ކޮމެންޓް
 

ކިމް ކާޑޭޝިއަން ލޯޔަރުކަން ކިޔަވަނީ

އެމެރިކާގެ މަޝްހޫރު ރިލިއަލިޓީ ތަރި ކިމް ކާޑޭޝިއަން، ލޯޔަރަކަށް ވުމަށް ކިޔަވަމުން އަންނަކަން އޭނާ ހާމަކޮށްފިއެވެ.
އުމުރުން 38 އަހަރުގެ ކިމް "ވޯގް މެގަޒިން" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ކިޔަވަމުން އަންނަނީ ސެންފްރެސްސިސްކޯގެ ލޯފާމަކުން ހިންގާ ޕްރޮގްރާމެއްގެ ދަށުންކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ބައިވެރިވެވެނީ ސައްހަ ސެޓިފިކެޓު އޮންނަ ފަރާތްތަކަށް އެކަނި ކަމަށެވެ.

ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އެ ޕްރޮގްރާމު ކިމްއަށް ފުރިހަމަ ކުރެވޭނީ 2022 ގައެވެ.

ކިމް ބުނީ އެ ނިންމުމަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އުމުރުން 63 އަހަރުގެ އަންހެނަކަށް މައާފު ދިނުމަށް އެދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ބައްދަލުކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.

ކިމްއަށް އެލައިސް މެރީ ޖޯންސަން ކިޔާ އަންހެނަކު އުމުރު ދުވަހަށް ޖަލަށްލާފައިވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އެނގި އޭނާ ވަނީ އެމީހާ މިނިވަން ކުރުމަށް އެހީވެފައެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށްލި އެ އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް ކިމް ވަނީ އޭނާގެ އަމިއްލަ ލޯޔަރު ކައިރީގައި ބުނެގެން އެ އަންހެން މީހާއަށް ގާނޫނީ ޓީމެއް އޭނާގެ ހަރަދުގައި ހޯދައިދީފައެވެ. ކިމްގެ އެހީއާއެކު އެމީހާ މިހާރު ވަނީ މިނިވަން ވެފައެވެ.

ޕެރޯލްއެއް ނެތި އެމީހާ އުމުރު ދުވަހަށް ޖަލަށްލާން ހުކުމް ކުރިއިރު އޭނާއަކީ އެފަދަ ކުށުގެ ރިކޯޑެއް އޮތް މީހެއް ވެސް ނޫނެވެ.

މިއުޒިޝަން ކަންޔޭ ވެސްޓް އާއި ކައިވެނިކޮށްގެން އުޅޭ ކިމްގެ ތިން ދަރިން އެބަތިއްބެވެ. ސަރޮގޭޓްކޮށްގެން މިދިޔަ އަހަރު އޭނާގެ އެންމެ ހަގު އަންހެން ދަރިފުޅު ޝިކާގޯ ހޯދާފައިވާއިރު ކުރިން ކިމް ވަނީ ބަލިވެ އިނދެ ދެ ކުދިން ވިހައިފައެވެ. އެއީ އުމުރުން ފަސް އަހަރުގެ ނޯތު ވެސްޓް އަދި ތިން އަހަރުގެ ސެއިންޓް ވެސްޓެވެ. އަދި ސަރޮގޭޓްކޮށްގެން މިއަހަރު ވެސް ދަރިއަކު ހޯދަން އޭނާ ވަނީ ނިންމާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ސަރޮގެސީ މެދުވެރިކޮށް ކިމް ދަރިން ހޯދަނީ އޭނާގެ ރަހިމަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން، ބަލިވެ ނީންނަން ޑޮކްޓަރުން ލަފާ ދީފައިވާތީއެވެ.
View this post on Instagram

Morning ✨

A post shared by Kim Kardashian West (@kimkardashian) on

ހިޔާލު