Phone Charge ah jahaigen nunidhumah sifain ilthimaas koffi
image
ޗާޖަށް ޖަހާފައިވާ ޕޯނުތަކެއް
0 ކޮމެންޓް
 

ފޯނު ޗާޖަށް ޖަހައިގެން ނުނިދުމަށް ސިފައިން އިލްތިމާސްކޮށްފި

އަލިފާނުގެ ހާދިސާތައް ހިނގަން ދިމާވާ މައިގަނޑު ސަބަބަކީ ކަރަންޓްގެ މައްސަލަތައް ކަމަށާއި ޑީސީ ކަރަންޓް ބޭނުން ކުރުމުގައިވެސް ފޯނު ޗާޖަށް ޖަހާފައި ނުނިދުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން އިލްތިމާސް ކޮށްފިއެވެ.
މިއަދު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަޔަ އެންޑް ރެސްކިއު ސާރިވިސްގެ ކޮމާންޑަ، ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ވެސް ކަންބޮޑުވާ ވަރަށް އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ކަމުގައެވެ.

އަލިފާނުގެ ހާދިސާތައް ހިނގުމަށް މައިގަނޑު ގޮތެއްގައި މެދުވެރިވަނީ އެކަށީގެންނުވާ ސާމާނު ބޭނުންކޮށްގެން ވައިރު ކުރުމާއި ކަރަންޓް ބޭނުން ކުރުމުގައި ދޭންޖެހޭ ސަމާލުކަން ނުދިނުން ކަމަށްވެސް ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކަރަންޓް ވައިރިން އަހަރަކު އެއް ފަހަރު ޓެސްޓް ކުރުމަށާއި، ސޮކެޓަށް ލޯޑް ބޮޑުވާގޮތަށް ކަރަންޓް ބޭނުން ކުރުރުމަށާއި ތްރީޕިންގެ ބަދަލުގައި އެޑެޕްޓަރު ބޭނުންކުރުމަށްވެސް ކާނަލް އަބްދުﷲ އިބްރާހިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ޑީސީ ކަރަންޓް ބޭނުންކުރުމުގައިވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި ފޯނުފަދަ ތަކެތި ޗާޖަރަށް ޖަހާފައި ނުނިދުމަށްވެސް ކާނަލް އަބްދުﷲ އިބްރާހިމް އިލްތިމާސް ކުރެއްވިއެވެ.

ނިދަން އޮށޯތުމުގެ ކުރިން ފޯނު ޖާޗަށް ޖެހުމަކީ ދިވެހިންގެ އާދައެކެވެ.

ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި އަލިފާނުގެ 86 ހާދިސާއެއް ހިނގާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހިޔާލު