Maamigili gai Pickup eh gai roave bidheysi aku fihijje
image
މާމިގިލީގައި ޕިކަޕެއްގައި ރޯވެ ބިދޭސީއަކު ފިހިއްޖެ
0 ކޮމެންޓް
 

މާމިގިލީގައި ޕިކަޕެއްގައި ރޯވެ ބިދޭސީއަކު ފިހިއްޖެ

އދ މާމިގިލީގައި މިއަދު ހަވީރު ރަށު ޕިކަޕެއްގައި ރޯވެ ހިނގި އަލިފަނުގެ ހާދިސާއަކާއި ގުޅިގެން ބިދޭސީއަކު ފިހިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 16:35 ހާއިރު މާމިގިލީގައި ރަށު ޕިކަޕެއްގައި ރޯވެ ބިދޭސީއެއްގެ ފައި ފިހުމާއި ގުޅިގެން އޭނާއަށް މާގިލީ ހޮސްޕިޓަލުގައުފަރުވާ ދީފައިވާ ކަމުގައެވެ. ފައި ފިހުމުގެ އިތުރުން އޭނާއަށް އިތުރު އަނިޔާއެއް ވެފައެއް ނުވެއެވެ.

އަލިފާން ރޯވީ ޕެޓްރޯލާއި ޑީސަލް އަޅާފައި ހުރި، މަދިރި ކޮންޓްރޯލް ކުރުމަށް ފޮގް ކުރަން ބޭނުންކުރާ ކުޑަ ޕިކަމެއްގައެވެ. ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލާފައިވާކަމަށް ފުލުހުން ބުނެއެވެ.

ހިޔާލު