Rape ge mahsala aai gulhigen hayyarukuri ekaku court in dhookohlaifi
image
ކްރިމިނަލް ކޯޓް
2 ކޮމެންޓް
 

ރޭޕްގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި އެކަކު ކޯޓުން ދޫކޮށްލައިފި

މާލޭ ގެސްޓްހައުސްއެއްގައި ރޭ އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު މިރޭ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
އޭނާ ދޫކޮށްލާފައިވަނީ ބަންދާއިމެދު ގޮތެއް ނިންމުމަށް މިރޭ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ފުލުހުން ބުނީ ކޯޓުން ދޫކޮށްލާފައިވަނީ ރޭޕްގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން 32 އަހަރުގެ މީހާ ކަމުގައެވެ. މިމައްސަލާގައި ދެން ހައްޔަރުކުރީ 33 އަހަރުގެ މީހެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މާމަންނު ގެސްޓްހައުސްއަކުން ރޭ އަންހެނަކު ހަޅޭއްލަވާ އަޑަށް، ޕެޓްރޯލް ކުރަން އުޅުނު ފުލުހުން ގެސްޓްހައުސްއަށް ވަނުމާ އެކު އޭގެ ތެރެއިން ދެ މީހަކު ފިލި ކަމުގައެވެ. އަދި އެކަކު ގެސްޓްހައުސްގެ ތެރެއިން އަތުލައި ގަތް އިރު އިތުރު މީހަކު ދުވަން ފިލަނިކޮށް މަގުމަތިން ހައްޔަރުކުރި ކަމަށްވެސް ފުލުހުން ބުނެއެވެ.

ރޭ އަންހެން މީހާ ރޭޕްކުރަން އުޅުނު ކޮޓަރި ފުލުހުން ފާސްކުރި އިރު ބަނގުރާ ހުސްފުޅިއަކާއި ބަނގުރާ އަޅާފައިވާ ތަށިތަކެއް ފެނުނު ކަމަށް ފުލުހުންވަނީ ބުނެފައެވެ.
ހިޔާލު

ކުރިބޯށި

ތިޔަ އަންހެންމީހާ އެތަނައް ދިޔައީ ކީއްކުރަން ކޮން ކަމަކު؟؟،

Izumiya

ޔަގީން ތިވާނީ ރީދޫކުލަ ޖެހިފަ ހުރި މީހަކަށް އެހެން ނޫނީ ކީއްވެ އެއްކަމެއްގަ އުޅެނިކޮށް ހައްޔަރު ކުރި ދެމީހުން އެކަކު ބަންދު އަނެކަކު ދޫކޮއްލާފަ އަޖައިބެއްނު