Import, Export Licence nagan nujeheygothah gaanoonu islaahu kohfi
image
މާލޭ ވިޔަފާރި ބަނދަރު.-- ފައިލް ފޮޓޯ: ކަސްޓަމްސް
0 ކޮމެންޓް
 

އިމްޕޯޓާއި އެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭގޮތަށް ގާނޫނު އިސްލާހު ކޮށްފި

ރާއްޖެ އަށް މުދާ އެތެރެކޮށް، ބޭރުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހުއްދަ، އިމްޕޯޓް، އެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެގޮތަށް ހަމަޖެއްސީ އިމްޕޯޓް، އެކްސްޕޯޓް ގަވާއިދަށް ގެނައި އިސްލާހަކުންނެވެ. އެ އިސްލާހަށް އަންނަ ހޯމަ ދުވަހު އަމަލު ކުރަން ފަށާއިރު، އެ ދުވަހުން ފެށިގެން މުދާ އެތެރެކޮށް، ބޭރު ކުރުމުގެ އިތުރުން މުދާ ރީ-އެކްސްޕޯޓް ކުރާއިރު އިކޮނޮމިކް މިނިސްޓްރީން ލައިސަންސް ނަގާކަށް ނުޖެހޭނެ އެވެ.

އިމްޕޯޓް، އެކްސްޕޯޓް ލައިސަންސްގެ ބަދަލުގައި މުދަލުގެ ކޮންސައިންމަންޓް ބަދަލުކުރަން، ހޯމަ ދުވަހުން ފެށިގެން ހުށަހަޅަން ޖެހޭނީ ކަސްޓަމްސް އަށެވެ. އަދި އެ ދުވަހަށް ފަހު މުދާ އެތެރެކޮށް، ބޭރު ކުރުމުގެ އިތުރުން މުދާ ރީ-އެކްސްޕޯޓް ކުރެވޭނީ ކަސްޓަމްސްގެ އާންމު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަސްޓަމްސްގައި ރެޖިސްޓްރީ ކޮށްގެންނެވެ.

ނަމަވެސް ހޯމަ ދުވަހުގެ ކުރިން ނަގާފައިވާ އިމްޕޯޓް، އެކްސްޕޯޓް ލައިސަންސްގެ މުއްދަތު ހަމަވަންދެން، މި އަހަރުގެ ނިޔަލަށް މުދާ އެތެރެކޮށް، ބޭރު ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ހިޔާލު