Ye Ye Coffee promotion ge grand prize libey meehun hovaifi
image
ޔޭޔޭ ކޮފީގެ "ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަންގެ ގްރޭޑް ޕްރައިޒް ލިބޭ ނަސީބުވެރިން ހޮވުމުގެ ތެރެއިން.
0 ކޮމެންޓް
 

ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ލިބޭ މީހުން ހޮވައިފި

ބީއެޗްއެމް ޓްރޭޑާސް އިން ކުރިއަށް ގެންދިޔަ ޔޭޔޭ ކޮފީގެ "ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަންގެ ގްރޭޑް ޕްރައިޒް ލިބޭ ނަސީބުވެރިން ހޮވައިފި އެވެ.
ގްރޭޑް ޕްރައިޒް ލިބޭ ނަސީބުވެރިން ހޮވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، 10 ނަސީބުވެރިއަކު ވަނީ ހޮވާފަ އެވެ. ބޮޑު އިނާމުގެ ގޮތުގައި އެ މީހުންނަށް ލިބޭނީ ސައިރެކްސް ކޮލެޖުގެ ސްކޯލާޝިޕެކެވެ.

ސްކޯލާޝިޕަށް ހޮވިފައިވާ 10 މީހުންގެ ކޫޕަން ނަންބަރު:
1. YNIUWG8
2. YBLWOIX
3. YEKIN66
4. Y9TBSK1
5. YFPHFFN
6. YGNXWEL
7. YJIPMXI
8. YVZPPXF
9. YHLERTH
10. YR1IN6E

ފާއިތުވި ފަސް މަސް ދުވަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގައި ބޮޑު އިނާމުގެ އިތުރުން ކޮންމެ ހަފްތާ އަކު ގުރުއަތުން ހޮވުނު ނަސީބުވެރިއަކަށް ވާވޭ ޕީ20 ޕްރޯ ފޯނެއް އަދި ކޮންމެ ދުވަހަކު ހޮވާލެވޭ ނަސީބުވެރިންނަށް ޔޭޔޭގެ ޕްރޮޑަކްޓްތައް އިނާމުގެ ގޮތުގައި ދީފައި ވެއެވެ.

ބީއެޗްއެމް އިން ބުނީ ސްކްރެޗް ނުކޮށް އޮތް ފަސް ކޫޕަނަށް އިނާމެއްގެ ގޮތުގައި އައުލް ވައިޓް ކޮފީ ޕެކެޓެއް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ ދާދި ފަހުން ބީއެޗްއެމް އިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ ކޮފީއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހިޔާލު