Hollywood gai masaikaiy kuran Alia ves keiymadhuvefai
image
އާލިއާ ބަޓް--
0 ކޮމެންޓް
 

ހޮލީވުޑުގައި މަސައްކަތްކުރަން އާލިއާ ވެސް ކެތްމަދުވެފައި

ދެހާސް ބާރަ ވަނަ އަހަރު ނެރުނު ފިލްމު "ސުޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި އާލިއާ ބަޓްއަކީ މިއަދު ބޮލީވުޑުގައި ނަން ހިނގާ މަޝްހޫރު ތަރިއެކެވެ. ބޮލީވުޑުގައި ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ އާލިއާއަށް ތެލޫގޫ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކޮށްލުމަށް ޑައިރެކްޓަރު އެސްއެސް ރާޖާމޯލީ ހުށަހަޅާފައިވާއިރު އޭނާ މިހާރު ވަނީ ފުރުސަތު ވެސް ގަބޫލުކޮށްފައެވެ. މިއީ ތެލޫގޫ ފިލްމެއްގައި އާލިއާ ފެންނާނެ ފުރަތަމަ ފަހަރެވެ.
އުމުރުން 26 އަހަރުގެ އާލިއާ ފުރަތަމަ ފަހަރަށް ތެލޫގޫ މަސައްކަތެއް ކުރުމަށް ނިންމާފައިވާއިރު އެއީ ވަރަށް "ޓަފް" މަސައްކަތަކަށްކަށް ވާނެ ކަމަށް އޭނާ ބުނެއެވެ. އެގޮތުން ކޮންމެ ކަމެއް ވެސް ފުރަތަމަ ކުރާއިރު އުނދަގޫ ވާނެ ކަމަށާއި އެކަމަކު އެފަދަ ކަންކަމަށް ކުރިމަތިލާން އޭނާ ހުރީ ތައްޔާރަށް ކަމަށް އާލިއާ ބުނެއެވެ.

އާލިއާ ވަނީ ހޮލީވުޑުގައި މަސައްކަތް ކުރަން ވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި އޭނާ ހުރީ ވަރަށް އަވަހަށް އެ އުއްމީދުތައް ހާސިލުވާނެ ކަމުގެ އުއްމީދުގައެވެ.
View this post on Instagram

💛

A post shared by Alia 🌸 (@aliaabhatt) on


ހޮލީވުޑުގައި މަސައްކަތް ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި އާލިއާ ހުރިއިރު މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯނާއި ޕްރިޔަންކާ ޗޯޕްރާ ފަދަ ތަރިން މިހާރު ވަނީ ހޮލީވުޑުގައި މަސައްކަތްކޮށް ބެލުންތެރިންގެ ލޯބި ހޯދާފައެވެ.

އަންނަ ބުދަ ދުވަހު ނެރޭ ފިލްމު "ކަލަންކް" ގެ ޕްރޮމޯޝަނުގައި އަވަދިނެތި އުޅެމުން އަންނަ އާލިއާގެ އިތުރު އެއް ފިލްމު މިއަހަރު އަދި އެބަ އޮތެވެ. އެއީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރް އާއެކު ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތް ކުރާ ފިލްމު "ބްރަހްމަސްތުރާ" އެވެ. އެފިލްމު ނެރޭނީ މިއަހަރުގެ ޑިސެމްބަރުގައެވެ. ސަލްމާން ހާނާގެ ކުރިއަށް އޮތް ފިލްމު "އިންޝާﷲ" ގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް އާލިއާއަށް މިހާރު ވަނީ ލިބިފައެވެ.
ހިޔާލު