Dhivehinnah libifaivaa enme bodu hadhiyaa aky minivankan: Naibu Raees
image
ނައިބު ރައީސް ފައިސަލް ނަސީމް
0 ކޮމެންޓް
 

ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ މިނިވަންކަން: ނައިބު ރައީސް

ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ މިނިވަންކަންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ، ދިވެހި ކާބަފައިން، ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާ ހަމަޔަށް ގެނެސްދެއްވުން ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ މި އަގުބޮޑު ހަދިޔާ، އަދި ދިވެހިންނަށް ލިބިފައިވާ އިސްލާމީ ހިދާޔަތުގެ އަލިކަން، ތާއަބަދު ދެމިއޮތުން ކަމުގައިކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ތަފާތު އެކި އޮއިވަރުގައި ވިސްނަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރިކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ، މި އޮއިވަރުގެ ތެރޭގައި ދިވެހިން ތިބެން ޖެހޭނީ އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖެއަށް މީގެ ކުރިން ކުރިމަތިވެފައިވާ އުދުވާންތަކުގައި ދިވެހިންގެ ތެރެއިން މަދު ބަޔަކު އެކަންކަމުގެ ފަހަތުގައި ތިބޭކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރާއިރު އެކަންކަމުން އިބުރަތް ލިބިގަނެ ސަމާލުވާން ޖެހޭކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ، ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާތަކުގެ ދިފާޢުގައި ނުކުމެވަޑައިގެން ޝަހީދުވެވަޑައިގެންނެވި ބަޠަލުންގެ ޒިކުރާ އާ ކުރައްވައިފައެވެ.
ހިޔާލު