Bahah shauquveri kurumah, zamaanee vaseelai beynun kuranjehey: Minister Yumna
image
މިނިސްޓާރ ޔުމްނާ މައުމޫން
0 ކޮމެންޓް
 

ބަހަށް ޝައުޤުވެރިކުރުމަށް، ޒަމާނީ ވަސީލަތް ބޭނުން ކުރަންޖެހޭ: މިނިސްޓަރު ޔުމްނާ

ބަހަށް ޝައުޤުވެރިކަން އިތުރުކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުން ކުރަންޖެހޭކަމަށް ހެތިޓޭޖް މިނިިސްޓާ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޔުމްނާ އެހެން ވިދާޅުވީ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.އެގޮތުން މިނިސްޓާރު ވިދާޅުވީ ދިވެހި ބަސް ރައްކާތެރި ކުރެވޭނީ ދިވެހި ބަހަށް ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރިވެގެންކަމަށެވެ. އަދި އެކަން ކުރެވޭނީ ދިވެހި ބަސް މި ޒަމާނުގެ ޓެކްނޮލޮޖީގައި ބޭނުން ކުރެވޭނެ ގޮތްގޮތް އީޖާދުކޮށްގެންކަމަށް މިނިސްޓާރު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، ދިވެހި ބަސް ރައްކާތެރިކުރެވޭނީ ދިވެހިބަހަށް ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިކޮށްގެންކަން މިނިސްޓާރ ޔުމްނާ ފާހަގަކުރައްވާފައިވެއެވެ. އަދި އެކަންކުރުމަށްޓަކައި ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިވާފަދަ ގޮތަކަށް ބަސް ކިޔަވައިދޭންޖެހޭކަމަށް މިނިސްޓާރ ޔުމްނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ބަހާއި ތާނަ އަކުރު އުވިގެންދިޔަ ނުދީ އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޒުމު ކަނޑައަޅަންޖެހޭނެކަމަށް މިނިސްޓާރ ވިދާޅުވިއެވެ.

ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 14 ވަނަ ދުވަހެވެ.
ޔުމްނާ މައުމޫން
ހިޔާލު