Imaaraathakun Rahafathigandeh vehti Car akah gehlun vehje
image
މާލޭގެ މަގެއް-- ފޮޓޯ: ދުވަސް
0 ކޮމެންޓް
 

އިމާރާތަކުން ރަހަފަތިގަނޑެއް ވެއްޓި ކާރަކަށް ގެއްލުންވެއްޖެ

ވެލާނާގޭ ކައިރީގައި ހަދަމުން އަންނަ އިމާރާތަކުން ރަހަފަތިގަނޑެއް ވެއްޓި ކާރަކަށް ގެއްލުންވެއްޖެއެވެ.
ފުލުހުން ބުނީ، މިއަދު 11:50 ހާއިރު ހަދަމުން އަންނަ އިމާރާތަކުން ކާރެއްގެ މައްޗަށް ރަހަފަތިގަނޑެއް ވެއްޓި ގެއްލުންވެފައިވާ ކަމަށެވެ. އެކަމަކު ކާރަށް ލިބިފައިވަނީ ކޮންކަލަ ގެއްލުމެއް ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ. އަދި އެމައްސަލަ މާލޭ ސިޓީ ކައުންސިލަށް ވެސް ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިމާރާތްކުރުމުގައި އަޅަން ޖެހޭ މިންވަރަށް ސަލާމަތީ ފިޔަވަޅު ނާޅާ މަސައްކަތް ކުރުމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްވާ ހާދިސާތައް ވެސް މިފަހަކަށް އައިސް ހިނގުން މިވަނީ އިތުރުވެފައެވެ.
ހިޔާލު