Anushka bollywood aa dhurah!
image
އަނުޝްކާ---
0 ކޮމެންޓް
 

އަނުޝްކާ ބޮލީވުޑާ ދުރަށް!

ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރުމާ ބޮލީވުޑާ ދުރަށް ދާން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އަނުޝްކާ ބޮލީވުޑާ ދުރަށް ދާން ނިންމާފައިވަނީ އޭނާ ބަނޑުބޮޑު ވުމުގެ ސަބަބުންނެވެ. އަދި އަނެއް ބައި ނޫސްތަކުން ބުނާގޮތުގައި އަނުޝާކް ބޮލީވުޑުން ދުރަށް ދާން ނިންމާފައިވަނީ އޭނާގެ ފިރިމީހާ އަދި މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީއާ އެދުމުން ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އަނުޝްކާ އަދި އެއްޗެއް ބުނެފައި ނުވާއިރު މިހާރު ގިނަ ބަޔަކު ތިބީ އެކަމާ ގުޅިގެން އަނުޝްކާގެ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. 2008 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި އަނުޝްކާ ވަނީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.

އަނުޝްކާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ މިދިޔަ އަހަރު ނެރުނު ފިލްމު 'ޒީރޯ' ގައެވެ. އެފިލްމުން އޭނާ ދައްކުވައިދިން އެކްޓަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު އޭނާވަނީ މިދިޔަ އަހަރު ނެރުނު އިތުރު ތިން ފިލްމަކުން ފެނިފައެވެ.

އަނުޝްކާ އާއި ވިރާޓު ކައިވެނިކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އިޓަލީގައެވެ. އެމީހުން ހަނީމޫނަށް ގޮސްފައިވަނީ އެފްރިކާގެ ކޭޕް ޓައުންއަށެވެ.
އަނުޝްކާ ޝަރްމާ
ހިޔާލު