Hulhumale 'Rashu Market' gothithah kuhyah dheyn iulaanukohfi
image
ހުޅުމާލެ: ފޮޓޯ އެޗްޑީސީ
ޤުފުތަޤު އަޖީރު
0 ކޮމެންޓް
 

ހުޅުމާލޭ "ރަށު މާކެޓު" ގޮޅިތައް ކުއްޔަށް ދޭން ހުޅުވާލައިފި

ހުޅުމާލޭ ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އެޗްޑީސީ އިން ގާއިމްކޮށްފައިވާ ހުޅުމާލޭ ލޯކަލް މާރުކޭޓު ކަމުގައިވާ "ރަށު މާކެޓު" ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރަތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ލޯކަލް މާރުކޭޓުގެ 37 ގޮޅި ފަރުމާކޮށްފައިވަނީ މޭވާއާ، ތަރުކާރީގެ އިތުރުން އެހެނިހެން އިތުރު ދިވެހި އުފެއްދުންތަކަށް ކަމަށެވެ. އަދި 20 ގޮޅި ހާއްސަ ކުރެވިފައިވަނީ ރޯމަސް ވިއްކުމަށް ކަމަށެވެ.

ރަށު މާކެޓުގެ ގޮޅިތައް ކުއްޔަށް ދޫކުރުމުގައި ދެ ކެޓަގަރީއަކަށް ބަހާލާފައިވާއިރު އެއީ އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކެވެ. އެގޮތުން ކުއްޔަށް ހިފަން ބޭނުންވާ އަމިއްލަ ފަރާތްތަކަކީ 18 އަހަރުވެފައިވާ ދިވެއްސަކަށް ވާންޖެހޭއިރު ގޮޅި ކުއްޔަށް ހިފާ ވިޔަފާރިތަކަކީ ވިޔަފާރި ކުރާތާ 6 މަސް ދުވަސް ވެފައިވާ ވިޔަފާރިތަކަކަށް ވާން ޖެހެއެވެ.


ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފޯމު އެޗްޑީސީގެ ވެބްސައިޓުން އަދި އެ ކުންފުނީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 25 އޭޕްރީލް 2019 ވަނަ ދުވަހުގެ 15:00 އެވެ.
އެޗްޑީސީ ހުޅުމާލެ
ހިޔާލު