PPM Ge Leadership in fail vi emmen dhura dhaan jehey: Nihan
image
ނިހާން ޕީޕީއެމްގެ ހަރަކާތެއްގައި
އަހުމަދު
5 ކޮމެންޓް
 

ޕީޕީއެމްގެ ލީޑަރޝިޕުން ފެއިލްވި އެންމެން ދުރަށް ދާންޖެހޭ: ނިހާން

ޕީޕީއެމްގެ ލީޑަރޝިޕުން ފެއިލްވި އެންމެން ދުރަށްދާން ޖެހޭކަމަށާއި ޕީޕީއެމް ރިފޯމް ކުރަން ޖެހިފައިވާކަމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ޕީޕީއެމަކީ ކުރުމުއްދަތެއްގައި ރާއްޖޭގެ ވެރިކަމާއި ހިސާބަށް ދިޔަ ޕާޓީއެއް ކަމުގައެވެ.
ނިހާން ވިދާޅުވީ ޕީޕީއެމުން މިހާތަނަށް ހޯދި ކާމިޔާބީގެ ހައްގުވެރިންނަކީ އެޕާޓީގެ އާއްމު މެމްބަރުން ކަމުގައެވެ. އަދި ޕީޕީއެމް ރިފޯމް ކުރަން ޖެހޭ ކަމުގައެވެ.

ނިހާން ވަނީ ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ފެއިލްވެފައިވާ ބޭފުޅުން ދުރައް ދިއުމަށް ގޮވާލައްވާފައެވެ.

އެކަމާއި ގުޅިގެން ނިހާންއަކީ ލީޑަރޝިޕްގެ ބޭފުޅެއް ނޫންތޯ މީހަކު ކުރި ސުވާލަކަށް ނިހާން ވިދާޅުވީ މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމުގައެވެ.
ނިހާން އިޝާރާތް ކުރެއްވީ ޕީޕީއެމްގެ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެއްވި ވާހަކައަށެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ޕީޖީ ލީޑަރުގެ މަޤާމުގައި ހުންނެވި ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނިހާން ހޮވިވަޑައި ނުގަންނަވައެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ނިހާން މިރޭ ވިދާޅިވީ 2017 ވަނަ އަހަރުގެ ކައުންސިލް އިންތިހާބު ގެއްލުމުގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަދި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުވެސް ޕީޕީއެމަށް ގެއްލުނީ ހަރުދަނާ ލީޑަރޝިޕެއް ނެތުމުން ކަމުގައެވެ.

މީގެ އިތުރުން ޕީޕީއެމްގެ އާއްމު މެމްބަރެއްގެ ގޮތުގައި ހިދުމަތް ކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ދެމި ހުންނަވާނެކަމަށް ނިހާން މިރޭ ވިދާޅުވިއެވެ.
ޕީޕީއެމް
ހިޔާލު

ޢަދުނާނު

ރައީސް މައުމޫނު އުފެއްދެވި ޕީޕީއެމް އެމަނިކުފާނުގެ ލީޑަރޝިޕްގައި އެއީ އެންމެ ކާމިޔާބު ޕާޓީ. ކައުންސިލް އިންތިޚާބު ކާމިޔާބުކުރެއްވި. 2013 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި. 2014 ގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި. އޭގެފަހުން ރައީސް ޔާމީންގެ އަމިއްލަ އެދުން ބޮޑުވެގެން މައުމޫނު ބޭރުކޮށްލުމުން އެންމެ ފަހުގެ ކައުންސިލް އިންތިޚާބު ގެއްލުނު. ރިޔާސީ އިންތިޚާބު ގެއްލުނު. މަޖިލިސް އިންތިޚާބު ގެއްލުނު. ވީމާ އަދިވެސް ރައީސް މައުމޫނު ވަރެއް ނެތް.

ހަސަނު

އަނެއް މީހަކު ހައްދާލަނީތަ؟އަމިއްލައަށް ފެއަށް ޖެހޭނެ ބަޔަކު ނެތް. ބަޔަކު ދުރުކުރީމަ ދެން ދާނެތާ ކޮންމެ މީހަކުވެސް. އަސްލުވެސް ފެއިލް ވެއްޖެ.އެކަމަކު އާ ލީޑަރޝިޕަކުންވެސް ޕާޓީ ޕްރޮމޯޓު ކުރަން ވަކި ކުރާނެ ކަމެއްވެސް ނެތް.

އަހުމަދު

ވާވަރުވީތަ އަނެއްކާ ހުސްވީމަދޯ.

ލަކީ

ހެހެހެ ކަލޭ ވެސް ފެއިލް ވީނޫން ދެނެ ކީކޭ ތިކިޔަނީ

123ސުވާލް

jޖަމީލް އާއި އުމަރަަަށް ދޭންވެގެންތަ؟؟؟؟؟؟