Tourism aai AG offyhah Permanent Secretary in hoadhanee
image
ވެލާނާގެ: ޓޫރިޒަމާއި އޭޖީ އޮފީހަށް ޕާމަނަންޓް ސެކެޓަރީން ހޯދަން ވަނީ އިއުލާނު ކޮށްފައި.
0 ކޮމެންޓް
 

ޓޫރިޒަމާއި އޭޖީ އޮފީހަށް ޕާމަނަންޓް ސެކެޓަރީން ހޯދަނީ

ޓޫރިޒަމް މިނިސްޓްރީ އާއި އެޓާނީ ޖެނަރަލްގެ އޮފީހަށް ޕާމަނަންޓް ސެކެޓަރީން ހޯދަން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އިއުލާނު ކޮށްފި އެވެ.
ސީއެސްސީން ވަކިވަކިން ކޮށްފައިވާ ދެ އިއުލާނުގައި ޝަރުތުތަކުގެ ގޮތުގައި ބުނެފައިވަނީ، މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ އެ އޮފީހެއްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވަލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއި، ސަރުކާރުގައި ނުވަތަ ޕަބްލިކާއި ޕްރައިވެޓާއި ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ހިންގުމުގައި މަދުވެގެން ހަ އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުމެވެ.

އެ އިއުލާނުތަކުގެ ދަށުން މި މަހުގެ 28 ވަނަ ދުވަހާ ހަމަ އަށް، ޝަރުތުހަމަވާ މީހުންނަށް އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު އޮންނާނެ އެވެ.

ސީއެސްސީގެ އިއުލާނުގައި ވަނީ، ޕާމަނަންޓް ސެެކެޓަރީންގެ މުސާރައެއްގެ ގޮތުގައި 20،500 ރުފިޔާ އަދި ލިވިން އެލެވެސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ ކަމަށެވެ.

ޕާމަނަންޓް ސެކެޓަރީންނަކީ، ސަރުކާރުގެ އިދާރާތަކުގައި ސިވިލް ސާވިސް އިން ކަނޑައަޅާފައި ހުންނަވާ އެންމެ މަތީ ވެރިޔާ އެވެ.
ހިޔާލު