Fuvahmulah City in Masverinnah Ice Dhookuran fashaifi
image
މަސްވެރިންތަކަކަށް އައިސް ދޫކޮށްފައި-- ފޮޓޯ: ރާއްޖެއެމްވީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފުވައްމުލަކުން މަސްވެރިންނަށް އައިސް ދޫކުރަން ފަށައިފި

މިފްކޯ އިން ފުވައްމުލަކުގައި ބަހައްޓާފައި ހުރި އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ދޫކުރަން ފަށައިފިއެވެ.
ފުވައްމުލަކުން މަސްވެރިންނަށް އައިސް ވިއްކަން ފެށި އިރު، މިފްކޯ އިން އެ ސިޓީގައި ބަހައްޓާފައިވާ އައިސް ޕްލާންޓުން 24 ގަޑިއިރުގެ ތެރޭގައި 25 ޓަނުގެ އައިސް އުފައްދާނެ އެވެ.

މިފްކޯ އިން އަންނަނީ އައްޑޫ ސިޓީގެ ދެ އައިސް ޕްލާންޓެއް މެދުވެރިކޮށް ވެސް މަސްވެރިންނަށް އައިސް ފޯރުކޮށްދެމުންނެވެ. އެގޮތުން ހިތަދޫ އައިސް ޕްލާންޓުން 50 ޓަނުގެ އައިސް އުފައްދަމުން އަންނައިރު ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ދުވާލެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފައްދައެވެ.

ރާއްޖެއަށް މަސްވެރިކަން އެންމެ ރަނގަޅުވާ ވަގުތު އައިސް ނުލިބޭކަމީ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެއް ނަމަވެސް މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ފުވައްމުލަކާއި އައްޑޫގައި ހުރި އައިސް ޕްލާންޓުތަކުގެ އިތުރުން ވެސް ރާއްޖޭގެ ދެކުނުގައި އިތުރު އައިސް ޕްލާންޓުތަކެއް އެބަހުއްޓެވެ. އޭގެ އިތުރުން ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގައި މަސްވެރިންނަށް އައިސް ވިއްކުމަށް އައިސް ޕްލާންޓުތައް ގާއިމުކުރެވިފައިވެއެވެ.
ހިޔާލު