Gassan PPMge leadership ah kamaku nudhaane: Nihan
image
ގައްސާން މައުމޫން އަދި އަހުމަދު ނިހާން ހުސައިން މަނިކް | ޕޮޓޯ ކްރެޑިޓް: ޕީއެސްއެމް ނިއުސް
އަބްދުﷲ ޔާމީން
2 ކޮމެންޓް
 

ގައްސާން ޕީޕީއެމްގެ ލީޑާޝިޕަށް ކަމަކު ނުދާނެ: ނިހާން

ގުރައިދޫ ދާއިރާއަށް އިންތިޚާބުވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން ގައްސާން މައުމޫން ޕީޕީއެމްގެ ލީޑާޝިޕަށް ކަމަކު ނުދާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރުގެ މަޤާމުން އިސްތިއުފާ ދެއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވެފައިވަނީ، ޕީޕީއެމުން އާ ލީޑާޝިޕަކަށް ފުރުސަތު ދޭންޖެހޭކަމަށް ގޮވާލާ ކުރެއްވި ޓްވީޓަށް އާއްމުން ފާޅުކުރި ހިޔާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ޕީޕީއެމުން އާ ލީޑާޝިޕަކަށް ފުރުސަތު ދޭންޖެހޭކަމަށް ނިހާން ވިދާޅުވުމުން، ބައެއް ފަރާތްތަކުން ވަނީ ގައްސާން މައުމޫން އެޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ގެނައުމަށް ގޮވާލާފައެވެ. އެގޮތުން ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރަކަށް ގައްސާން މައުމޫން ރަނގަޅު ވާނޭކަމަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒް ވިދާޅުވެ ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވާ ނިހާނު ވިދާޅުވީ، އެމަޤާމަށް ގައްސާން "ކަމަކު ނުދާނެ" ކަމަށެވެ.




ޕީޕީއެމްގެ ޓިކެޓުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވި ޕީޕީއެމް ޕީޖީ ގްރޫޕުގެ ކުރީގެ ލީޑަރު ނިހާން، އެޕާޓީގެ ލީޑާޝިޕުގައި ގައްސާން މައުމޫން އިނުމަށް ކަމުނުދާނެ ކަމަށް ވިދާޅުވީ އިރު، ގައްސާން އަކީ ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ހޮވި ވަޑައިގެން 5 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެއްވާ ނިހާން ކުރެއްވި ޓްވީޓްގައި ވަނީ، އެޕާޓީގެ ލީޑާޝިޕް ފެއިލް ވެފައިވަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބާއި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުން އެޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިވީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށް ނިހާން ވިދާޅުވެފައިވެއެވެ. ނިހާން ވިދާޅުވީ ޕީޕީއެމުން މިހާތަނަށް ހޯދި ކާމިޔާބީގެ ހައްގުވެރިންނަކީ އެޕާޓީގެ އާއްމު މެމްބަރުން ކަމުގައެވެ. އަދި ޕީޕީއެމް ރިފޯމް ކުރަން ޖެހޭ ކަމަށެވެ.
ހިޔާލު

ބަނާނާބޯޓު

ގަންމަނަބުދާ

ކަންއޮތްގޮތް

ޣައްސާނު ކަމުނުދާނީ ޕޮލިސްބެރިކޭޑަށް ކިކުނުޖަހާނެތީތޯ؟ ޢައްސާނުކިބައިގަ ހަރުދަނާކަމެއް ހުންނަތަން ފެނެއެވެ. ގޮތްއެނގޭނީ ތަޖުރިބާކުރެވުނީމަތާއެވެ! ނިހާނު މިހާރުތިހުންނެވީ އެހެންމީހުނާއިމެދު އެއްޗެކޭ ނުބުނެވޭވަރަށް ސިޔާސީގޮތުން ފޭލުވެ، އެކިކަނތަކާއި ތަނެއްޗަށް އަލްވިދާޢު ވިދާޅުވާން ޖެހިފައިކަމުގައި ޤަބޫލުކުރެއްވުން ބުއްދިވެރިވާނެ!