Bidheyseen bandhukuraagothaamedhu suvaalu ufedhey: Jalu commission
image
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ފޮޓޯ ވީ
0 ކޮމެންޓް
 

ބިދޭސީން ބަންދުކުރާ ގޮތާމެދު ސުވާލު އުފެދޭ: ޖަލު އޮޑިޓް ކޮމިޝަން

ދިވެހިރާއްޖޭގެ ޖަލުތަކުގައި ބަންދުކުރާ ބިދޭސީން ބަންދުކުރަމުންދާ ގޮތާ މެދު ގާނޫނީ ސުވާލުތަކެއް އެބަހުރި ކަމަށް ޖަލުތަކުގެ އޮޑިޓް ކުރުމަށް އެކުލަވާލި ޕްރިޒަންސް އޮޑިޓް ކޮމިޝަނުން ބުނެފި އެވެ.
ޖަލުތަކުގެ އޮޑިޓް ރިޕޯޓު ހޯމް މިނިސްޓްރީއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން، ޕްރިޒަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު މުހައްމަދު (ދޮނާ) ވިދާޅުވީ، އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓުގައި ބަންދުގައި ތިބޭ ވަގުތުތަކުގައި ބިދޭސީންނަށްވެސް ހައްގުތައް ލިބިދެވޭނެ ގޮތަށް ކަންތައްތަކެއް އިސްލާހުކުރުމަށް ހުށަހަޅާފައިވާނެކަމަށެވެ. ބަންދުކޮށްފައި ތިބި ބިދޭސީންނާ މެދު ތަފާތުކުރުން ގެންގުޅޭތީ އެކަންކަން ނައްތާލުމަށް ރިޕޯޓުގައި ކަންތައްތަކެއް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

މިނިވަންކަން ގެއްލޭ ގޮތަށް މީހުން ބަންދުކުރާ މައްސަލަތަކުގައި އެފަރާތްތައް އެންމެ ފުރިހަމައަށް ޒިންމާދާރުކުރުވަން ޖެހޭ ކަމަށްވެސް ދޮނާ ވިދާޅުވިއެވެ.ޖަލުތަކުން މީހުން މިނިވަން ކުރުމާއި ޖަލުތަކުން ގައިދީންނަށް ހިދުމަތް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ހިޔާލު