Alia ah Olhigen Varunge Badhalugai Kiyunee Ranbir
image
0 ކޮމެންޓް
 

އާލިއާއަށް އޮޅިގެން ވަރުންގެ ބަދަލުގައި ކިޔުނީ ރަންބީރު!

ބޮލީވުޑުގެ މަޝްހޫރު ތަރި އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ލޯބީގެ ވާހަކައަކީ އެންމެންނަށް އެނގޭ ވާހަކައެކެވެ. އެކަމަށް ދާދިފަހުން ދެމީހުން ވެސް އެއްބަސްވިއިރު މިހާރު ކޮންމެ އިވެންޓެއްގައި ވެސް ދެމީހުން ބައިވެރިވަނީ އެކުގައެވެ. އާއިލާ ވެސް އެ ގުޅުމަށް ވަރަށް ރުހެއެވެ.
ފުރަތަމަ ފަހަރަށް ދެ ތަރިން އެކުގައި މަސައްކަތް ކުރާ ފިލްމު "ބްރަހްމަސްތުރާ" ގެ ޝޫޓިންގެ ތެރެއިން އެކަކު އަނެކަށް ހިތް ޖެހުނުއިރު މިއަހަރު އެދެ ތަރިން ކައިވެނި ކުރާނެ ކަމުގެ އަޑުތައް ވެސް ގަދަވިއެވެ. އެކަމަކު އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ.
View this post on Instagram

Kal Se Kalank 💜

A post shared by Alia 🌸 (@aliaabhatt) on


View this post on Instagram

शिवा और इशा 💫 #brahmastra

A post shared by Alia 🌸 (@aliaabhatt) on


އަބީޝޭކް ވަރްމަން ޑައިރެކްޓުކޮށް މިއަދު ނެރޭ ފިލްމު "ކަލަންކް" ގައި އުމުރުން 26 އަހަރުގެ އާލިއާ ވެސް ފެނިގެންދާއިރު އެފިލްމުގެ ޕްރޮމޯޝަނަށް ފާއިތުވި ދުވަސްކޮޅު އާލިއާ ވެސް އުޅުނީ ވަރަށް އަވަދިނެތިއެވެ. އެގޮތުން ވަރުން ދާވަން އާއި އަދިތުޔާ ރޯއީ ކަޕޫރުގެ އިތުރުން ސޮނާކްޝީ ސިންހާއާއެކު އާލިއާ ވަރަށް ފަހުން ވަނީ އެފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގައި ބައިވެރިވެފައެވެ. އަދި އިވެންޓު ހުށަހެޅުންތެރިޔާ ކުރި ސުވާލެއްގެ ޖަވާބުގައި އާލިއާއަށް ވަނީ ވަރުންގެ ބަދަލުގައި އޭނާގެ ލޯބިވެރިޔާ ރަންބިރުގެ ނަން ކިޔެން އުޅިފައެވެ. އަދި އެއާއެކު އަވަހަށް ވަރުންގެ ނަން އާލިއާ ކިޔައެވެ.

ރަންބީރުގެ ނަން ކިޔުމާއެކު ވަރުން ވެސް ވަނީ ހެމުން ގޮސް އާލިއާގެ ގައިގާ ބައްދާލާފައެވެ. އަދި އަދިތުޔާ އާއި ސޮނާކްޝީ ވެސް ހޭން ފަށާފައިވާތީ އާލިއާ ވެސް ވަނީ ލަދުރަކި ގޮތަށް ހީލާ އިސް ޖަހާލާފައެވެ.


މިއަހަރުގައި އާލިއާގެ ފުރަތަމަ މަސައްކަތަކަށް ފެނިފައި ވަނީ ރަންވީރާއެކު އޭނާ ކުޅެފައިވާ ފިލްމު "ގަލީ ބޯއީ" އެވެ. އަދި އޭނާގެ ދެވަނަ މަސައްކަތް ކަލަންކަށް ފަހު ދެން ފެންނާނީ ލޯބިވެރިޔާ ރަންބީރާއެކު ކުޅެފައިވާ ފުރަތަމަ ފިލްމު "ބްރަހްމަސްތުރާ" އެވެ. އެފިލްމު ނެރޭނީ މިއަހަރުގެ ޑިސެމްބަރުގައެވެ. ސަލްމާން ހާނާގެ ކުރިއަށް އޮތް ފިލްމު "އިންޝާﷲ" ގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް އާލިއާއަށް މިހާރު ވަނީ ލިބިފައެވެ. އަދި ތެލޫގޫ ފިލްމެއް ވެސް އޭނާއަށް ހުށަހަޅާފައިވެއެވެ.
ހިޔާލު