Dhuvaafai dhiya TAXI eh gai roavejje
image
ދުއްވާފައި ދިޔަ ޓެކްސީއެއްގައި ރޯވެއްޖެ
ސީއެންއެމް
0 ކޮމެންޓް
 

ދުއްވާފައި ދިޔަ ޓެކްސީއެއްގައި ރޯވެއްޖެ

މަޖީދީ މަގުގައި މިރޭ ދުއްވާފައި ދިޔަ ޓެކްސީގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ 7:30 އެހާއިރު މަޖީދީމަގު ކެމްޕަސް ފިހާރަ ކައިރިން ކާރެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުން ހަރަކާތްތެރިވަމުން ގެންދާ ކަމުގައެވެ.

އަލިފާން ރޯވެފައިވަނީ ޓެކްސީގެ އެއް ހެޑް ލައިޓްގައެވެ. އަލިފާން ރޯވުމުން އެމްއެންޑީއެފް ފަޔަރޓީމް އެސަރަހައްދަށް ދިއުމުގެ ކުރިންވަނީ އަލިފާން ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ހިޔާލު