Namaadhu kuraane thanthan hedhumaai gulheygothun 19 mu'ahsasaa akun javaabeh nulibey
image
އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
އަހުމަދު
0 ކޮމެންޓް
 

ނަމާދު ކުރާނެ ތަންތަން ހެދުމާއި ގުޅޭގޮތުން 19 މުއައްސަސާއަކުން ޖަވާބެއް ނުލިބޭ

މުއައްސަސާތަކާއި ކުންފުނިތަކުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތުގައި 19 މިއައްސަސާތަކުން އަދި ޖަވާބު ނުލިބޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ނަމާދުކުރާނެ ތަންތަން ހަމަޖެއްސުމާއި ގުޅޭގޮތުން 74 މުއައްސަސާއަކަށް ސިޓީ ފޮނުވާފައިވާއިރު، އޭގެ ތެރެއިން ޖަވާބެއް ނުލިބެނީ 19 މުއައްސަސާއަކުން ކަމުގައެވެ.

އިސްލާމިން މިނިސްޓްރީން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން 32 މުއައްސަސާއެއްގައި ނަމާދުކުރާނެ ޖާގަ ހަމަޖެހިފައިވާއިރު، 23 މުއައްސަސާއެއްގައި ނަމާދުކުރާނެ ޖާގަ އަދި ހަމަ ނުޖެހޭ ކަމުގައެވެ. ނަމަވެސް އެތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މަސައްކަތް ކުރާ މާހައުލުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރާއިރު ކައިރީގައި މިސްކިތެއް ނެތުމުން ބަންގި ގޮވާ ވަގުތަށް ނަމާދަށް އެރުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އެމީހުން ބުނެއެވެ. އެހެންކަމުން، މިއީ މުވައްޒަފުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމެކެވެ.

މިހާރު ވެސް ބައެއް އޮފީސްތަކާއި ކުންފުނިތަކުގައި މުވައްޒަފުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނަމާދު ކޮޓަރި ނުވަތަ ނަމާދު ކުރުމަށް ހާއްސަކޮށް ތަންތަން ހަދާފައި ހުރެއެވެ.
ހިޔާލު